ކޭކު ކްރީމް
ކޭކު ކްރީމް
ލައިފްސްޓައިލް 05 Dec 2025 | 09:58

މިއަދު މިއޮތީ ވަރަށް ވަރަށް މީރު ފޮނިއެއްޗެއް ތައްޔާރުކޮށްލާނެ ގޮތުގެ ރެސިޕީ

ހުކުރު ދުވަސް ނަމަ މެންދުރަށް މީރުކޮށް ކައްކާލައި، މީރު ފޮނިއެއްޗެއްވެސް ތައްޔާރުކޮށްލުމަކީ ގިނަ ދިވެހިންގެ އާދައެކެވެ. އެހެންކަމުން މިއަދު މިއޮތީ މެންދުރުގެ ސުފުރާ ފަޅުފިލުވާލަދޭނެ މީރު ފޮނިއެއްޗެއްގެ ރެސިޕީއެވެ.

ކޭކު ތައްޔާރުކުރުން

1 ޗޮކޮލެޓްކޭކު ފުއްޕެކެޓު

3 ބިސް

1/4 ޖޯޑު ތެޔޮ

1 ޖޯޑާއި 4 ސަމުސާ ފެން

ބަޓަރ ކޮޅެއް

ތައްޓެއްގެ ތެރޭގައި ބިސްތައް ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ތައްޓަކަށް، ޗޮކޮލެޓް ކޭކު ފުއްޕެކެޓު އެޅުމަށް ބިހާއި، ތެލާއި ފެން އަޅައިގެން ރަނގަޅަށް އެކުލަވާލާށެވެ. ދެން ކޭކުފިހާ ޓްރޭގައި ބަޓަރު އުނގުޅާލުމަށްފަހު ކޭކު މިކްސް އެއަށް އަޅާލައި ކޭކު އަވަނުން ފިހެލާށެވެ.

ކްރީމް ތައްޔަާރުކުރުން

2 ނެސްލޭ ކްރީމް ދަޅު

ގެރިކިރުދަޅުގެ 1/3

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

ކުޑަކޮފީކޮޅެއް

ހުރިހާތަކެތި ތެއްޔެއްގެ ތެރޭގައި ކައްކާލާށެވެ. ދެން ހިހޫ ކުރަން ބަހައްޓާށެވެ.

ވިޕިންގ ކްރީމް ތައްޔާރު ކުރުން

500 މލ ވިޕިންގ ކްރީމް

2 މޭޒުމަތީ ސަމުސާ ގެރިކިރު (ފޮނިކުރަން ބޭނުންނަމަ ގިނައިން އެޅިދާނެ)

ވިޕިން ކްރީމް ވިޕް ކޮށްލުމަށްފަހު ގެރިކިރު އަޅާލައިގެންވެސް ވިޕް ކޮށްލާށެވެ.

ކޭކު ކްރީމް ތައްޔާރު ކުރުން

3 ނިޔުޓްރޯ ޗޮކޮލެޓް ބިސްކޯދު (އަތުން ބޮޑުކޮށް ފުނޑުކޮށްފައި)

ކޭކުގެ މައްޗަށް ހިހޫ ވެފައި ހުރި ނެސްލޭ ކްރީމް ފިލިންގްސް އަޅާލާށެވެ. އޭގެ މައްޗަށް ބިސްކޯދު އަޅާލުމަށްފަހު މަތީގައި ވިޕްކްރީމް ފަތުރާލާފައި ފިނި ކޮށްލާށެވެ. ކޭކު ކްރީމް އެހުރީ ތައްޔާރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫނު ގަދަ ދުވަސް ދުވަހަށް މިކަހަލަ ޑްރިންކެއް ސަޅިވާނެ؛ ތައްޔާރުކޮށްލަންވެސް އެހާ ފަސޭހަ
06 Nov 2026 ލައިފްސްޓައިލް

ހޫނު ގަދަ ދުވަސް ދުވަހަށް މިކަހަލަ ޑްރިންކެއް ސަޅިވާނެ؛ ތައްޔާރުކޮށްލަންވެސް އެހާ ފަސޭހަ

ގޭގައި ތައްޔާރުކޮށްލެވޭ ލެމަނޭޑަކީ އަބަދުވެސް މީހުންގެ މެދުގައި މަގުބޫލު، ކަރުހިއްކުން ފިލުވައިދޭ އަދި ތާޒާކަން ގެނެސްދޭ ބުއިމެކެވެ. ތާޒާ ލުނބޮލުގެ ހުތާއި، ހަކުރު އަދި ފެން ބޭނުންކޮށްގެން މި ބުއިން ނިކަން ފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ. މީގެ ހަކުރު ފަނި (ސިމްޕަލް ސިރަޕް) އަދި ލުނބޯ ހުތް ކުރިން ތައްޔާރުކޮށް ފްރިޖުގައި ބެހެއްޓޭނެތީ، މިއީ ޕާޓީތަކަށާއި އެކުވެރިންނާއެކު ބާއްވާ ބާބަކިއު ފަދަ ހަފުލާތަކަށް ނުހަނު ފައްކާ، ފަސޭހަ ބުއިމެކެވެ.

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...