ފެނަކައިގެ އެމްޑީ ލަމްއާންވެސް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ލަމްެއާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ލަމްއާން މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވާފައިވަނީ، މިއަދުގެ ވަގުތެއްގައި ފެނަކައިގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލަމްއާން ވިދާޅުވީ، ކުރިއަށް އޮތް ސަރުކާރުގައިވެސް ފެނަކައިގެ ޒަރިއްޔާއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާންނާާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ފެށިފައިވާ މަޝްރޫއުތައްވެސް ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ލަމްއާން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އައްޔަންކުރެވުނީ ވަރަށް ފަހުންނެވެ. ލަމްއާން އޭގެ ކުރިން ހުންނެވީ އެކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް