N/A
N/A
ހަބަރު 01 Nov 2018 | 07:18

ރައްޔިތުންނާއި ވެރިން ގުޅުވާލި، ހިތާ ހިތުގެ ރައީސް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައީސް ނަޝީދު ވެރިކަމަށް އިންތިހާބު ވުމުގެ ކުރީގައި ރާއްޖޭގެ ވެރިންނަކީ ވަރަށް އަބުއިކޮށް އުޅުއްވި ބޭފުޅުން ތަކެކެވެ. ވެރިޔަކާ ދިމާ ވުމަކީ ވަރަށް ދަތި ކަމެކެވެ. ރައްޔިތުން ކަމަކާއި ހިތް ހަމަ ނުޖޭހޭނަމަ އެކަމުގެ ޝަކުވާ ކުރެވޭނެ ގޮތެއް ނޯވެއެވެ. ވެރިޔަކު ނުގަވާއިދުން ކަމެއް ކުރިޔަސް އެކަމާ ޖަވާބުދާރީ ވާނެ ނިޒާމެއް ނޯވެއެވެ.

ރައީސް ނަޝީދު ވެރިކަމަށް އިންތިހާބު ވުމާއެކު ޒަމާނުންސުރެ ރާއްޖޭގެ ވެރިންގެ ކިބައިގައި ހުރި އަބުއި ސިފަތަކަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އީދު ދުވަހުގައި ކިޔު ޖެހިގެން ވެރިންނާއި ސަލާން ކުރަން ރައްޔިތުން ދިޔުމުގެ ބަދަލުގައި ރައްޔިތުން ގާތަށް ވެރިން އަންނަންފެށިއެވެ. ސިއްރުގައި ވެރިންނަށް ކިޔަމުން އައި ފާޑުކިޔުންތައް ފާޅުގައި ކިޔަން ފެށުނެވެ. ވެރިން ކުރާ ކަންތައްތަކަށް ޖަވާބު ދާރީ ކުރެވެން ފެށުނެވެ.

މިސަގާފަތުގެ ފުރަތަމަ ފެށުމަކީ ވެރިކަމަށް ރައީސް ނަޝީދު އިންތިހާބު ވުމާއި އެކު ރައީސް މައުމޫނަށް ހިމާޔަތް ދެއްވުމެވެ. މިގޮތުން ރައީސް މައުމޫނަށް އިނާޔަތްތަކާއި އިމްތިޔާޒުތައް އެރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށާއަޅާފައިވާ ގާނޫނު ފާސްވަންދެން އެ އިނާޔަތްތަކާއި އިމްތިޔާޒުތައް އެ މަނިކުފާނަށް އެރުވުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން އެ ގޮތަށް ކުރެއްވުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިކަން ވީ ދިވެހި ރައްޔިތުންނަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. ސަބަބަކީ ރައީސް މައުމޫނުގެ ދައުރުގައި ރައީސް ނަޝީދަކީ ވަރަށް އަނިޔާ ލިބުނު ބޭފުޅެއް ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމުންނެވެ.

އޭރުވެސް ރައީސް ނަޝީދު ވިދާޅުވީ ކާމިޔާބުގައި ހިތްތިރި ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވެރިކަމާ ހަވާލު ވުމާއިއެކު ތީމުގެއަށް ސިޓީ ލައިގެން ހޯދަމުން އައި ސަރުކާރުގެ އެހީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެއެވެ. މިގޮތުން 2009 ގެ ޖަނަވަރީ މަހުގައި އިސްރަށްވެހިންނަށް ޕެންޝަނެއްގެ ގޮތުގައި ދެހާސް ރުފިޔާ ދޭން ފެށުނެވެ. އަދި 2011 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި ދެހާސް ރުފިޔާ ގެ އިނާޔަތް ދޫކުރަން ފެށުނެވެ. މާދުވަސް ތަކެއް ނުވެ އެކަނިވެރި މައިންނަށް އިނާޔަތްތަކެއް ދޭންފެށުނެވެ. މިއީ ނިކަމެތި ހާލުގައި ދިރިއުޅެމުން ގެންދާ އެތައް އާއިލާތަކެއް ރައީސް ނަޝީދަށް އޮތް ލޯބި އިތުރުވެގެން ދިޔަކަމެކެވެ.

ދިވެހި ރާއްޖޭގެ ވެރިންނާއި ރައްޔިތުން ދުރުވެފައި ވުމުގެ ސަބަބުތަކުގެ ތެރެއިން އެއްކަމަކީ ވެރިން ކުރާ ކަންތައްތަކަށް ފާޑުކިޔޭނެ ނިޒާމެއް ނެތުމާއިއެކު، ފާޑުކިޔުމަކީ އަދަބު ލިބޭ ކަމަކަށް ވެފައި އޮތުމެވެ. މިކަން ބަދަލުވާން ފެށީ ރައީސް ނަޝީދު ވެރިކަމާ ހަވާލުވީ ހިސާބުންނެވެ. މިގޮތުން އަމިއްލަ ގިނަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދެވިގެން ދިޔައެވެ. މިއާއިއެކު ދައުލަތުން އެކަނި ކުރަމުން އައި ބްރޯޑްކާސްޓް ކުރުން އަމިއްލަ ފަރާތްތަކަށް ދެވި އިދިކޮޅު އަޑުތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދޭން ފެށުނެވެ.

ދިވެހިންގެ ގިނަބަޔަކު ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް އައުމުގެ ފުރަތަމަ ފެހި ސިގްނަލެއް އައީ ރައީސް ނަޝީދު ވެރިކަމުގައި ތަޢާރަފް ކުރެވުނު "މަދަނަ" މަޝްރޫއިންނެވެ. މިއީ އަހަރަކު ދެހާސް ރުފިޔާ ދެއްކުމުން އެއަހަރު އެއްލަކަ ރުފިޔާގެ ބޭސް ފަރުވާ ލިބުނު ނިޒާމެކެވެ. ދުވަސް ކޮޅެއް ފަހުން އިތުރު ދެ ޕެކޭޖެއް މި މަޝްރޫއު ތެރެއިން ތަޢާރަފް ކުރެވުނެވެ. އެއީ "މަދަނަ ޕްލަސް" އަދި "މަދަނަ ބޭސިކް" އެވެ. މަދަނަ ޕްލަސް އަކީ މަދަނައާއި ދާދި އެއް ގޮތަކަށް ހިދުމަށް ލިބުނު ޕެކޭޖެކެވެ. ނަމަވެސް މަދަނަޔާ ހިލާފައް މަދަނަޕްލަސް އަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖޭން ބޭރުން ހިދުމަތް ލިބުނު ޕެކޭޖެކެވެ. މި ޕެކޭޖަށް ދައްކަން ޖެހުނީ ތިންހާސް ފަސްސަތޭކަ ރުފިޔާއެވެ. މަދަނަ ބޭސިކް އަކީ ދެހާސް ރުފިޔާ ދައްކަން ދަތިފުޅު ބޭފުޅުންނަށް އަހަރަކު އެއްހާސް ރުފިޔާ ދައްކައިގެން ބައިލައްކަ ރުފިޔާގެ ބޭސް ފަރުވާ ލިބޭ ގޮތަށް ތަޢާރަފް ކުރެވުނު ޕެކޭޖެކެވެ. ބޭސް ސިޓީއަށް ސަލާން ޖެހުމަށް ހަގީގީ ނިމުމެއް އައީ 2012 ޖަނަވަރީގައި އާސަންދަ ތައާރަފް ކުރުމާއި ގުޅިގެންނެވެ. މީ ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވެސް ހަރަދެއް ނުކޮށް އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ ލިބޭ ގޮތަށް ހެދުނު ހެލްތު ސްކީމެކެވެ.

ރައީސް ނަޝީދު ވެރިކަމާ ހަވާލުވުމުގެ ކުރިން ރަށްރަށުގައި ދިރިއުޅުއްވި ގިނަ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ރަށުބަންދެއްގައި ހުންނަންޖެހުމެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި ރަށުބަންދެއްގައި ހުރުމަކީ ވެރިންނާއި ރައްޔިތުންނާއި ހުރި ދުރުމިން އިތުރު ވީ މައިގަނޑު ސަބަބެވެ.

ރައީސް ނަޝީދު ވެރިކަމާ ހަވާލު ވުމާއިއެކު މިކަމަށް ހައްލުތަކެއް ހޯދަން ފެށުނެވެ. ދައުލަތުގެ ބަޖެޓުން މިކަމަށް ތަންދޭން ނެތުމާއި އެކު ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ފެރީ ނިޒާމެއް ގާއިމް ކުރެވުނެވެ. ނަމަވެސް މިނިޒާމު ފުރިހަމަ ވުމުގެ ކުރިން ރައީސް ނަޝީދު ވެރިކަމާއި ދުރަށް ދާންޖެހުނެވެ.

ދިވެހިންގެ މިފަދަ މައްސަލަތައް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީއަށް ފާހަގަ ކުރެވި، އެކަންކަމަށް ހައްލު އަވަސްގޮތަކަށް ހޯދައި ދެވުނީ އެބޭފުޅުން ގެއިން ގެއަށް ނުވަތަ ދޮރުން ދޮރަށް ނަމުގެއި ބޭއްވުނު ކެންޕޭނުތަކުން ކަމަށް ގަބޫލު ކުރެވިދާނެއެވެ. ރައްޔިތުންނާއި ބައްދަލުކޮށް އެބޭފުޅުންނަށް ދަތިވާކަންތައް ދެނެގަނެ، އެކަންކަން ހައްލުވާނެ ގޮތަކާމެދު ރައްޔިތުންނާ މަޝްވަރާކުރުމުގެ ސަބަބުންނެވެ. މިހާރު ކޮންމެ މަގާމަކަށް ކުރިމަތި ލައްވާ ބޭފުޅެއް ކަމުގައި ވިޔަސް އެބޭފުޅަކު ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުން އެބޭފުޅަކަށް ވޯޓް ދެއްވާ ސަބަބު ހާމަކުރަން ޖެހެއެވެ.

ރައްޔިތުންނާއި ވެރިން ގާތް ކޮށްދިނުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގު ވާބޭފުޅަކީ ރައީސް ނަޝީދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...