ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފް
ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފް
ރިޕޯޓް 03 Apr 2025 | 11:40

މުޝްފިޤް: ލާމު އަތޮޅުގެ ޤުރުއާން ޗެމްޕިއަން، އަތޮޅާ މާވަށަށް ބޮޑު ހިތާމައެއް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ލާމު އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓް" ގައި ރޭ ވަނީ ނުރައްކާތެެރި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޯޓްގައި އެއްކޮށް ހުޅުހިފާ ވަނީ އަނދައިގެން ގޮސްފަ އެވެ. މިހާރު ބޯޓް ވަނީ އަޑިއަށް ގޮސްފަ އެވެ.

ރޭގެ ހާދިސާ ހިނގިއިރު ބޯޓްގައި 18 މީހަކު ތިއްބެވެ. އެއީ ކެޕްޓަނާއި ފަޅުވެރީންނާއި ބޯޓުން ދަތުރުކުރި ބައެއް ފަސިންޖަރުންނެވެ. ބޯޓުން ދަތުރުކުރި 17 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. ނުފެނި އެކަކު ގެއްލިފައި ވެ އެވެ. އެއީ ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފެވެ.

މުޝްފިޤް މާވަަށް ދިޔައީ ފަހު ދިހައިގެ ރޯދައާ އީދުގެ ދުވަސްތައް އުފަންރަށުގައި ހޭދަކުރުމަށެވެ. އީދު ނިންމާލުމަށް ފަހު އޭނާގެ ކޮއްކޮ މިމްޝާވީ މުހައްމަދު ޝަރީފްއާ އެކު "ހޮޅުދޫ ބޯޓް" ގައި މާލެ އަންނަން ދަތުރުފެށީ ކިޔެވުމުގެ ދުވަސްތައް އަލުން ފެށޭތީ އެވެ. މުޝްފިޤަކީ ޕޮލިޓެކްނިކް ގައި އާކިޓެކްޗާގެ ދާއިރާ އިން ކިޔަވަމުންދާ ދަރިވަރެކެވެ.

ނަމަވެސް ރޭގެ ހާދިސާގައި މުޝްފިޤު ވަނީ ގެއްލިފަ އެވެ.

ބޯޓުން ފުންމާލީ ދެބެން އެއްކޮށް, ސަލާމަތް ކުރަން ވަރަށް މަސައްކަތްކުރި

މިމްޝާވީ ބުނި ގޮތުގައި ބޯޓްގައި އަލިފާން ރޯވެފައި ހުއްޓާ ފެނުނީ ކުއްލިއަކަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ބޯޓަށް އަލިފާންގަނޑު ފެތުރިގެން ހިނގައްޖެ އެވެ. އަޖައިބުވާހާ ހަލުވި ކަމާ އެކު އެވެ.

އެ ވަގުތު ލައިފްޖެކެޓް އަޅާ އަވަހަށް މޫދަށް ފުންމާލަން ތައްޔާރުވި އެވެ. ނަސީބު ކަން ދިމާކުރި ގޮތުން ދެބެންނަށް ވެސް ލައިފްޖެކެޓެއް އަތު ޖެހުނެވެ. ނަމަވެސް މުޝްފިޤަށް ލައިފްޖެކެޓް ބޮލުން ވައްޓާނުލެވެނީސް އެހެން މީހަކު އެ އަތުލީ އެވެ. ބެލެވެނީ ބިދޭސީއެއް ކަމަށެވެ.

މިމްޝާވީ އަދި މުޝްފިޤު

އެހެން ކަމުން ދެބެން އަތުގުލާލައިގެން މޫދަށް ފުންމާލީ އެވެ. އެ ދެބެންގެ ނަސީބުގެ އެންމެ ދެރަ ކަމަކަށްވީ ބޯޓް ދަތުރުކުރަމުން ދިޔަ ދިމާއަށް ފުންމާލެވުމެވެ. އޭރުވެސް ބޯޓްގެ އިންޖީނު ހުރީ ނިއްވާނުލަ އެވެ. އެހެން ކަމުން މަޑުމަޑުން ބޯޓް ދުވަމުން ދިޔަ އެވެ. މިމްޝާވީ އާއި މުޝްފިޤަށް ފުންމާލެވުނު ދިމާލުގެ ގޮތުން ކުޑައިރުކޮޅެއްގެ ތެރޭގައި އެކަކު އަނެކަކަށް ގެއްލުނެވެ.

ކަނޑުގައި ދެ މީހުން އެކީ ހޭދަކުރި ވަގުތުތަކުގައި އެތައް ފަހަރަކު މުޝްފިޤު ސަލާމަތް ކުރެވޭތޯ އޭނާގެ ކޮއްކޮ, މިމްޝާވީ މަސައްކަތް ކުރި އެވެ. ކަނޑުގެ އަޑީން ދެތީން ފަހަރަކު ނެގި އެވެ. މުޝްފިޤަށް ވެސް ކޮންމެވެސް ވަރަކަށް ފަތަން އެނގެ އެވެ. ކަނޑުމަތީގައި އޮންނަން އެނގެ އެވެ. ނަމަވެސް ހުޅުހިފާފައިވާ ބޯޓް އައިސް ދެބެންގެ މެދަށް ހުރަސް އެޅީ އެވެ.

އެހިސާބުން މިމްޝާވީއަށް ބޭބެ ގެއްލުނީ އެވެ.

ޤުރުއާންގައި ލާމުގެ ޗެމްޕިއަން, މާވަށުގެ ފަޚުރުވެރި އިމާމެއް

މުޝްފިޤަކީ މާވަށުގެ އެ އުމުރުގެ ހުރިހާ ކުދީންގެ ނަމޫނާ އެކެވެ. އެ ރަށުގެ ކޮންމެ މަންމައަކާއި ބައްޕައަކު އަބަދުމެ އެދެމުން އައީ މުޝްފިޤު ފަދަ ކުއްޖަކަށް އެ މީހުންގެ ކޮންމެ ކުއްޖަކު ވެސް ހަދާށެވެ.

މުޝްފިޤަކީ މަންމައާ ބައްޕަގެ ބަސްއަހާ އަހުލާގު ހެޔޮ ކުއްޖެކެވެ. އެންމެ ކުޑައިރުން ފެށިގެން ކީރިތި ޤުރުއާނަށް ޚާއްސަ ސަމާލު ކަމެއް ދެ އެވެ. ނަތީޖާއެއްގެ ގޮތުން އެއީ ވަރަށް މޮޅަށް ޤުރުއާން ކިޔަވާ ކުއްޖަކަށްވި އެވެ.

މާވަށުގައި ބާއްވާ ޤުރުއާން މުބާރާތަކުން އެންމެ ވިދާލާ ނަމަކީ އެއީ އެވެ. މުޝްފިޤު ބައިވެރިވާ ކޮންމެ މުބާރާތެއްގެ އެއްވަނަ އަކީ އެއީ އެވެ. ލާމު އަތޮޅު ޤުރުއާން މުބާރާތުން ވެސް އެއްވަނަ ހޯދި އެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުން ވެސް ފަޚުރުވެރިވި ނަތީޖާތަކެއް ހޯދާފައިވެ އެވެ.

ލ. މާވަށު އަހިމާގެ, އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފް 

ރަށުގައި ހުންނަނަމަ އިމާމުވެ ނަމާދު ކުރެ އެވެ. މި އަހަރު ފަހު ދިހާގައި މާވަށުގައި އިމާމުވެ ދަމު ނަމާދު ކުރީ ވެސް މުޝްފިޤެވެ. ރަށުން ފުރި ދުވަހު -- އިއްޔެ އަސުރު ނަމާދު ވެސް އިމާމުވެ ކުރީ އޭނާ އެވެ. ރަށު ބޮޑު މިސްކިތުގެ އިމާމަކީ އޭނާގެ ބައްޕަ އެވެ.

އާއިލާގެ އެންމެ ބޮޑު, ވަރަށް ޒިންމާދާރު, އެހާމެ އެހީތެރިވެދޭ

މުޝްފިޤަކީ އޭނާގެ މަންމައާ ބައްޕަގެ އެންމެ ދޮށީ ދަރިފުޅެވެ. އެއީ އެ އާއިލާގެ މައި ތަނބެވެ.

މާވަށު ސުކޫލުން ކިޔެވުމަށް ފަހު ހައި ސުކޫލުގެ ދުވަސްތައް ހޭދަކުރީ ސީއެޗްއެސްސީ ގަ އެވެ. އޭގެ ފަހުން މިހާރު ކިޔަވަމުން ދަނީ ޕޮލިޓެކްނިކްގަ އެވެ.

މުޝްފިޤަކީ މިހާރުވެސް އާއިލާގެ ލީޑަރެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރެ އެވެ. ސައިކަލެއް ހޯދީ ވެސް އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެންނެވެ. ކޮއްކޮއާ އާއިލާގެ އެހެން މީހުންނަށް ވެސް އެހީތެރިވެ ދެ އެވެ. އެ މީހުންނަށް ދަތި އަދި އުނދަގޫ ކަމެއް ދިމާވެއްޖެނަމަ އެކަމެއްގައި އެންމެ އިސްކޮށް ހުންނަނީ މުޝްފިޤެވެ.

އޭނާ އަކީ ރަހްމަތްތެރީންނާއި ގާތް މީހުންނަށް ވެސް ވަރަށް އޯގާތެރި އެކުވެރި އެކެވެ. އެ މީހުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވެ ދެވޭތޯ ބަލަ އެވެ.

މުޝްފިޤު ގެއްލުމަކީ މުޅި އާއިލާއާ މާވަށާއި ލާމު އަތޮޅަށް ލިބުނު ހިތާމަ އެކެވެ. ދުއާ އަކީ ގަދަވެ ސަލާމަތުން އޭނާ ފެނުމެވެ. އެންމެންގެ ހެޔޮ ދުއާ ވަނީ އޭނާއާ އެކުގަ އެވެ. މުޝްފިޤު ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ޑައިވް ކޮށްގެންނާއި ކަނޑުމަގުން އަދި ވައިގެ މަގުން ވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
03 Jul 2026 ހަބަރު

ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް

ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ. ދީނީ އިޖުތިމާޢީ އަދި އެހެނިހެން ދާއިރާތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާ...

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި
12 Mar 2026 ހަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ބޭސްގެ، މުޙައްމަދު އިބްރާހީމް (43އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަ...

ލާމުގެ ދެވަނަ އެއާޕޯޓު އަޅާނީ އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި: ރައީސް
20 Oct 2025 ހަބަރު

ލާމުގެ ދެވަނަ އެއާޕޯޓު އަޅާނީ އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި: ރައީސް

ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި، އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓުތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ...

މާވަށުގެ ސިއްޚީ ދާއިރާގެ ތަރައްގީގެ އަމާޒަކީ ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދިނުން: ރައީސް
20 Oct 2025 ހަބަރު

މާވަށުގެ ސިއްޚީ ދާއިރާގެ ތަރައްގީގެ އަމާޒަކީ ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދިނުން: ރައީސް

ލ. މާވަށުގެ ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް، ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވ...

ރައީސް ލާމުގައި: މާވަށުގައި 7 މަޝްރޫއެއްގެ މަސައްކަތް މިއަދު ފަށައިފި
20 Oct 2025 ހަބަރު

ރައީސް ލާމުގައި: މާވަށުގައި 7 މަޝްރޫއެއްގެ މަސައްކަތް މިއަދު ފަށައިފި

ލ. މާވަށުގެ މުހިންމު ހަތް މަޝްރޫއުއެއްގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުތައް ފަށައިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާވަށަށް ކުރެއް...

މާވަށު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
08 Oct 2025 ހަބަރު

މާވަށު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. މާވަށުގެ ބިން ޙިއްކުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. 61.46 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރެއިން 508،816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި އަދި ސޭން ސާޗް ސާވޭ ހެދުން ހިމެނެއެެވެ...