ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ/މަޖިލިސް
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ/މަޖިލިސް
ހަބަރު 20 Nov 2023 | 05:55

"އިސްރާއީލުން ކުރަނީ ހަނގުރާމައެއް ނޫން؛ އެއީ ފަލަސްޠީނު މި ބިމުން ފޮހެލަން ހިންގާ ޖަރީމާތަކެއް"

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ފަލަސްޠީނުގެ ވަސްވެސް މި ބިންމަތިން ފޮހެލުމަށް ހިންގަމުންދާ ޖަރީމާތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލަށް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެކްސްޕޯޓްކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން ހުއްޓުވައި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމަށް ވިލިނގިލީ ދާއިރާގެ މެންބަރުން ސައުދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ސަލީމް ވަނީ، އިސްރާއީލުން ހިންގާ ޖަރީމާތައް އޭނާގެ ދާއިރާގެ މެންބަރުންގެ ނަމުގައި ކުށްވެރިކުރައްވާފައެވެ. އަދި އެ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.

އެއާއެކު ސަލީމް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ 75 އަހަރަށްވުރެ ގިނަ ދުވަސްވީ ޢުދުވާނަށް ހަނގުރާމައޭ ބުނުމުން ނުފުދޭ ކަމަށާ، އެއީ އެއަށްވުރެ މާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ 75 އަހަރަށްވުރެ ގިނަ ދުވަސްވީ ޢުދުވާނަށް ހަނގުރާމައޭ ބުނުމަކުން ނުފުދޭ. ބިންފޭރުން ކިޔުންވެސް އަޅުގަނޑު ދެކޭގޮތުގައި އެކަށީގެން ނުވޭ. ދަރިފަސްކޮޅެއް، ނަސްލެއް ނައްތާލުމޭ ބުނުމުންވެސް އަދި ނުފުދޭ. އިސްރާއީލުން އެކުރަނީ މިކަންކަމަށްވުރެވެސް އަދި މާ ބޮޑު ކުށެއް. އެއީ ރޭވިގެން ހިންގޭ މާ ބޮޑު ޖަރީމާއެއް. އެ ކުރަންއުޅޭ ކަމަކީ ފަލަސްތީނު މި ބިމުން ފޮހެލުން. އެއީ ދުނިޔޭގައި ދުވަހަކުވެސް ނުވާ ތަނެއްގެ ގޮތުގައި ހެދުން.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ، ފަލަސްތީނު ބިމުން ފޮހެލުމަށް އިސްރާއީލުން ރާވައިގެން ހިންގާ މި ނުބައި ޢުދުވާނުތަކުގެ ނަތީޖާއެއްގެ ގޮތުން، އެޕަލް އަދި ގޫގުލް މެޕުންވެސް 'ފަލަސްޠީނު' އެ ބަސްވެސް ފެންނަން ނެތް ކަމަށެވެ. އަދި ހުޅަނގުގެ މީޑިއާ ތަކުންވެސް އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގާ ހަނގުރާމަ ސިފަކުރަމުންދަނީ ހަމާސް އާއި އިސްރާއީލާ ދެމެދު ހިންގޭ ހަނގުރާމައެއް ގޮތުގައި ކަމަށާ، 'ފަލަސްތީނު' ވަކި ލަފުޒެއްގެ ގޮތުގައިވެސް ހުޅަނގުގެ މީޑިއާތަކުން މިހާރު ބޭނުން ނުކުރާ ކަމަށެވެ.

"ތާރީޚް ބަދަލުކޮށް އޮޅުވާލައި، ތަރިކައާއި ސަގާފަތް ފޮހެލައި، މިހާރުގެ ޖީލު ތަކުގެ ސިކުނޑިން ފަލަސްތީނު ފޮހެލުން، މި ހިންގާ ޢުދުވާނު ތަކުގެ ފަހަތުގައިވާ ސަބަބަކީ."

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ، އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ފަހަތުގައި 'ހައްގު ތަކުގެ ޗެންޕިއަނުން' ނެތް ކަމަށް ބުނެދެކެވޭ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށާ، މުޅި ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާނުތަކުން ބަސްހުއްޓޭވަރުވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކަމަށްވާނަމަ، ފެނާއި ކާބޯތަކެތި މަނާކުރުން އެއީ މައްސަލައެއް ނޫން، ކާންބޯން ނުދީ އިންސާނުން ބަނޑަށް މެރުން އެއީ މައްސަލައެއް ނޫން، ގެދޮރާއި ހޮސްޕިޓާ ތަކުން ކަރަންޓް ކަނޑާލުން މައްސަލައެއް ނޫން، ތުއްތު ކުދިންގެ ސުކޫލުތަކާއި މިސްކިތް ތަކަށް ބޮން އެޅުން އެއީ މައްސަލައެއް ނޫން، ޒަޚަމްވެފައިވާ މީހުން އުފުލާ އެމްބިއުލާންސްތަކާއި، ޒަޚަމްވެފައިވާ މީހުން މެރުން އެއީ މައްސަލައެއް ނޫން، ހުދު ފޮސްފަރަސް ބޭނުން ކޮށްގެން ދިރިތިބި އިންސާނުން ވިރުވައި އަޅާ އަޅިއަށް ހަދާލުން އެއީވެސް މައްސަލައެއްނޫން، އިސްރާއީލުން ނުރުހޭނަމަ، ނޫސްވެރިންގެ ގަޔަށް އަމާޒުކޮށް ބަޑިޖަހައި މަރާލުން އެއީވެސް މައްސަލަ އެއް ނޫން. ފަލަސްޠީން ނޫން އެހެން ކޮންމެ ތަނެއް ނަމަވެސް، މިއިން ކޮންމެ ކަމެއް ސިފަ ކުރާނީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން، ހިންގާ ޖަރީމާތަކުން ފަލަސްތީނުގެ ވަސް ފޮހެލެވޭނެ ކަމަށް އެމީހުން ދެކުނަސް އެއީ އަވާމެންދުރެއް ކަމަށެވެ. އެކަން އެމީހުންނަށް ކާމިޔާބު ވުމަށްވުރެ، ފަލަސްތީނުގެ މުސްލިމުންގެ ރޫހު ވަރުގަދަ ކަމަށެވެ. ފަލަސްތީނު މިނިވަންވަންދެން އެމީހުންގެ އެ ރޫހު ދެމި އޮންނާނެ ކަމަށާ، "ހިތްވަރު މި ބަހުގެ އަދުގެ ރަމްޒެއްގެ ގޮތުން ދުނިޔެއަށް ފެންނަމުންދަނީ ފަލަސްތީނުގެ ރައްޔިތުން" ކަމަށް ސަލީމް ވިދާޅުވި އެވެ.

މިއާއެކު ސަލީމް ވަނީ އިސްރާއީލުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލުން އިތުރުކުރުމަށް އަދުގެ ސަރުކާރަށް ގޮވާލާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.