ހައުސިން މިނިސްޓަރު ޑރ ހައިދަރު/ ފޮޓޯ: ވޮއިސް
ހައުސިން މިނިސްޓަރު ޑރ ހައިދަރު/ ފޮޓޯ: ވޮއިސް
ހަބަރު 20 Nov 2023 | 12:16

ގޯތި މަޝްރޫއު ރިވިއު ކުރަނީ ކުރީ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭތީ: މިނިސްޓަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ރީ-އިވެލުއޭޓުކުރަން ނިންމީ އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެކަން ކުރުމުން އެ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ފްލެޓެއް ނުވަތަ ގޯއްޗެއް އަތުނުލާނެ ކަމަށާއި، އެފަދަ މަޝްރޫއަކަށް އަލުން އެޕްލައި ކުރަން ވެސް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާއިރު، އެ ނިންމުމަށް ބަދަލު ގެނެސް އެ ދެ މަޝްރޫއު ރީ-އިވެލުއޭޓު ކުރާ ސަބަބާއި ގުޅޭގޮތުން މިނިސްޓަރާއި ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޭރު ވެސް ވިދާޅުވި ގޮތަށް، ކުރީ ސަރުކާރުން ގޯއްޗެއް ނުވަތަ ފްލެޓެއް ދީފައިވާ ފަރާތެއްގެ އަތުން ގަސްދުގައި އެ ތަންތަން އަތުނުލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ސަރުކާރުގެ ފަހުކޮޅު ފެށި ގެދޮރުވެރިޔާ މަޝްރޫއާއި ބިންވެރިޔާ ސްކީމު ރީ-އިވެލުއޭޓު ކުރުމަށް ނިންމީ، އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓުތައް ބެހުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުން، އެ ސަރުކާރުގެ ނިޔަތާއި ދޭތެރޭ ސުވާލު އުފެދޭތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންތިޚާބު ވެވަޑައިގަތުމަށްފަހު ރައީސް (ޑރ މުއިއްޒު) އިލްތިމާސް ކުރެއްވި އޭރުގެ ސަރުކާރަށް އެ މަސައްކަތް މަޑުޖައްސާލެއްވުމަށް. އެކަމަކު އެ މަޑުޖައްސާ ނުލެއްވީ ކީއްވެގެންތޯ، މަޑުޖައްސާލެއްވި ނަމަކަ މިހާ ހިސާބަކަށް ނައިސް، ފްލެޓުތަކެއް ހަދާފައި ހުރިކަމަށް ވާނަމަ، ހައްގުވާ މީހުން ހޯދައިގެން މި ސަރުކާރުން ވެސް ފެލްޓުތައް ހަވާލުކުރާނެ. އަވަސް އަރުވާލައިގެން އެ ކަންތައް އެގޮތަށް ކުރީމަ، އުފެދޭ ސުވާލުތަކެއް ވެސް އެބަހުރި. ކީއްވެގެންތޯ އެހާ އަވަހަކަށް އެ ކަންތައްތައް ކުރަން ބޭނުންވީ"

ހައުސިން މިނިސްޓަރު ޑރ ހައިދަރު

ވަކިން ޚާއްސަކޮށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓު ނުނެރެ މަޑުކޮށްލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންގާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ސަރުކާރުން ލިސްޓު އެކުލަވާލުމުން ރައްޔިތުންގެ ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ މަޝްރޫއު ރީ-އިވެލުއޭޓު ކުރި ނަމަވެސް، އެންމެ ހައްގުވެރި ފަރާތްތައް ހޯދާ، އެ ފަރާތްތަކަށް ފްލެޓު ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.