މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް.. ފޮޓޯ: އޭއެފްޕީ
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް.. ފޮޓޯ: އޭއެފްޕީ
ކުޅިވަރު 01 Oct 2026 | 03:29

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ މާލީ މުއާމަލާތުގެ ގަވާއިދާ ހިލާފްވި މައްސަލާގައި އެންމެފަހުން އެ ކްލަބުގެ މައި ސްޕޮންސަރު  އިއްތިހާދު އެއާވޭސްއިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެއެވެ.

މިކަމާ ގުޅިގެން އިއްތިހާދު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުބައި ވިޔަފާރީގެ މުއާމަލާތްތަކެއްގައި އެ އެއާލައިން ބައިވެރިވެފައިވާ ކަމަށް ދޭހަވާ އެއްވެސް ނިންމުމެއް ގަބޫލުނުކުރާ ކަމަށެވެ. އަދި ޕްރިމިއާ ލީގުގެ ތަހުގީގު މަރުހަލާގައި އެ ކުންފުންޏަށް ބަސްބުނުމުގެ ފުރުސަތު ދީފައި ނުވާތީ، ކުންފުނީގެ އަބުރާއި ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ގާނޫނީ ލަފާ ހޯދަމުންދާ ކަމަށްވެސް އެ އެއާލައިނުން ހާމަކޮށްފައިވެއެވެ. އެގޮތުން ޕްރިމިއާ ލީގާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށް އިއްތިހާދުން ބުންޏެވެ.

ޕްރިމިއާލީގުން މައްސަލަ ބެލިގޮތުން އިއްތިހާދު އެއާވޭސް އިން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެއާލައިނުން ބުނާ ގޮތުގައި، ކޮމިޝަނުގެ ނިންމުމުގައި އެ ކުންފުނީގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، މައުލޫމާތު އާންމުކޮށްފައިވާ ގޮތުން ކުންފުނީގެ އަބުރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޕްރިމިއާ ލީގުން ކަންކަން ކޮށްފައިވަނީ ބެސްޓްޕްރެކްޓިސްތަކާ ފުށުއަރާގޮތަށްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ސިޓީގެ ބައެއް އެހެން ސްޕޮންސަރުން ކަމަށްވާ ލޫކޯޒޭޑް އަދި ކެލޮގްސް ފަދަ ކުންފުނިތަކުން މިވަގުތު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، އިއްތިހާދުން ވަނީ މެންޗެސްޓަރ ސިޓީއާއެކު އޮތް ގާތް ގުޅުން ދަމަހައްޓައި، ކްލަބުން ކުރާ ގާނޫނީ ހަނގުރާމައިގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

މިނިވަން ކޮމިޝަނަކުން ކުރި ތަހުގީގަށްފަހު މެންޗެސްޓަރ ސިޓީ މައްސަލާގައި ނިންމާފައިވަނީ 2009 އިން 2018 އާ ދެމެދު ސިޓީން ވަނީ އެ ކްލަބުގެ އާމްދަނީ އޮޅުވާލައި، 830 މިލިއަން ޕައުންޑަށްވުރެ އިތުރު ކުރުމުގެ ގޮތުން ވިޔަފާރީގެ ބައިވެރިންނާއެކު ސައްހަ ނޫން އެއްބަސްވުންތަކެއް ގާއިމުކޮށްފައިވާކަމަށެވެ. ނަމަވެސް، ސިޓީގެ ޗީފް އެގްޒެކެޓިވް ފެރާން ސޮރިއާނޯ ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި، މިއީ ޕްރިމިއާ ލީގުން ރާވައިގެން ހިންގާ "ކޮންސްޕިރަސީ" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...