ބޭންކް އޮފް މޯލްޑިވްސްއިން ލޭހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފިއެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.
އެގޮތުން މިފަހަރުގެ ކެންޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާ ކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް އެ ބޭންކުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް