އައްޑޫން ގެއްްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ!
އައްޑޫ ސިޓީން ރޭ ގެއްްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު އެހާކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިިކޮށް ހިތަދޫ ސްވިމިންގެ ޓްރެކް ސަރަހައްްދު މޫދުން 1:40 ހާއިރު އޭނާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާ، އޭނާ އަކީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް