ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވި ދުވަހު ސަޕޯޓަރުންނާއި ސަލާން ކުރައްވަނީ/ ފޮޓޯ: ވޮއިސް
ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވި ދުވަހު ސަޕޯޓަރުންނާއި ސަލާން ކުރައްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު 21 Nov 2023 | 14:28

ރައީސް ޔާމިނުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ޤާނޫނާއި ޚިލާފުކަމަށް ކަނޑައަޅައިދޭން އެދިއްޖެ

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި، މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޤާނޫނާއި ޚިލާފު ހުކުމެއްކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިއްޖެ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އޮތީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.

ޚުލާސާކޮށް މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުކޮށްދިނުމަށް މައިގަނޑު ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދިބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު ކަމަށެވެ.

ދަށު ކޯޓުގައި މި މައްސަލަ ސާބިތުކޮށްދިނުމަށް ވަރަށް ގިނަ ހެކި ހުށައަޅާފައިވާ ކަމަށާއި، އެ ހެކިތަކަށް ރިއާޔަތްކޮށްފައިވާކަމަށް އިސްތިއުނާފު މަރުހަލާގައި ޕްރިސެކިއުޓަރުން ވިދާޅުވެފައިވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ހުށައަޅާފައިވާއިރު، އެ މީހުންގެ ހެކިބަސް ސާބިތުކޮށްދިނުމަށް ދެން ހުށައެޅި ހެކިތަކާއި ގުޅުވާލެވޭ އެއްވެސް ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާކަމަށެވެ.

އެގޮތުން ޖިނާއީ މައްސަލަތަކުގައި، ކޮރަބޮރޭޝަން ގާއިދާތަކާއި ގުޅުމެއް ނެތް ހެކި ހުށައަޅާ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ކަންތައްތަކަކީ ކޮރަބޮރޭޝަން ގާއިދާއާއި ގުޅޭ ވާހަކަތަކެއް ނޫންކަން އިސްތިއުނާފީ މަރުހަލާގައި ފާހަގަކޮށްފައިވާނެ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ޑރ ޖަމީލު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ހުށައަޅާފައިވާއިރު، އެ ހެކިވެރިންގެ އަހުލިއްޔަތުގެ އިތުރުން، ހެކިވެރިންނާއި ގުޅޭ ސީރިއެސް ސުވާލުތަކެއް އުފެދޭކަމަށެވެ. ހެކިވެރިޔަކީ މުއްތަހަމެއް ކަމށް ވާނަމަ، ވަކިން ޚާއްސަކޮށް، އެ ހެކިވެރިޔާއަކީ ދައުލަތުގެ ފަރާތުން ކަމަކަށް އުންމީދުކުރާ ހާލުގައި ހުރި މީހެއް ކަމަށް ވާނަމަ، އެފަދަ ހެކިވެރިންނަށް ފާރަވެރިވުމަކީ ފަނޑިޔާރުންގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އެގޮތުން އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އަދީބުގެ މައްޗަށް ކުރެވޭ ޓެރަރުޒަމްގެ ދައުވާތައް ނުކުރުމަށް ޕީޖީން އެއްބަސްވުމުން، އަދީބަކީ ދައުލަތުގެ ފަރާތުން ކަމަކަށް އުންމީދެއްކޮށްގެން ހުރި މީހެއްކަން ހާމަވާކަމަށާއި، އެ ހާލަތުގައި އަދީބުގެ ހެކިބަސް އެއްފަރާތްކުރުމަކީ ކޮރަބޮރޭޝަން ގާއިދާގެ މަތިން ޖެހޭކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ، އަދީބުގެ ހެކިބަސް އެއްކިބާ ކުރުމުން، ދައުލަތުން ރައީސް ޔާމިނުގެ މައްޗަށް ކުރާ ދައުވާ ނެގެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެއީ އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އެހެން އެއްވެސް އިތުރު މިނިވަން ހެއްކެއް ދައުވާ ސާބިތުކޮށްދިނުމަށް ހުށައަޅާފައި ނުވާތީކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. އަދި ބާރުދޭ ހެކިކަމަށް ބުނެ ހުށައަޅާފައިވަނީ ވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ހެކިތައްކަން ވެސް ފާހަގަކުރެއްވި އެވެ.

"އިސްލާމީ ޝަރީއަތުގައި އެއްޗެއް ގުޅުވައިދޭއިރު އޮންނާނީ އަސްލަށް ބެލުން. އަސްލު ނެތި ހިނގައްޖެނަމަ ގުޅުވައި ނުދެވޭނެ. އަދި ގުޅުވައިދެވޭނެ ގޮތެއް ވެސް ނޯންނާނެ"

ޑރ މުހައްމަދު ޖަމީލު އަހުމަދު

އާރަށު މައްސަލައާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ އާއި ގުޅޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވީ މަނީލޯންޑަރިންގެ އަމަލު ސާބިތުކުރުމަށް ދައުލަތުން ބަޔާންކުރި ވާގިޔާތަކުން އަމަލު ސާބިތުނުވާކަން އިސްތިއުނާފީ ކޯޓުގައި ސާބިތުކޮށްދެވިފައި ވާކަމަށެވެ.

އެގޮތުން މަނީލޯންޑަރިންގެ ދައުވާ އަކީ ޕްރެޑިކޭޓް އޮފެންސާއެކު ކުރާ ދައުވާއެއް ނަމަ ޕްރެޑިކޭޓު އޮފެންސް ސާބިތުކޮށްނުދީ، އެ ދައުވާ ސާބިތުކޮށްނުދެވޭނެކަމަށާއި، އެ މައްސަލައިގައި ދައުލަތަށް ކުށުގެ އުންސުރު ސާބިތުކޮށްދެވިފައި ނުވާކަން ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފީ ކޯޓުގައި ސާބިތުކޮށްދީފައި ވާނެކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

"މަނީލޯންޑަރިންގެ އަމަލު ސާބިތުކުރުމަށް ދައުލަތުން ބަޔާންކުރި ވާގިޔާތަކުން އަމަލު ސާބިތުނުވާކަން އިސްތިއުނާފީ ކޯޓުގައި ވާނީ ސާބިތުކޮށްދީފަ. މަނީލޯންޑަރިން ގާނޫނުގެ 5 ވަނަ މާއްދާގެ ތިނަކަށް ވެސް ކުށުގެ އަމަލު ނުފެތޭކަން ސާބިތުކޮށްދީފަ. މަނީލޯންޑަރިންގެ ދައުވާ އަކީ ޕްރެޑިކޭޓް އޮފެންސާއެކު ކުރާ ދައުވާއެއްނަމަ، ޕްރެޑިކޭޓު އޮފެންސް ސާބިތުވާން ޖެހޭނެކަން އިސްތިއުނާފު މަރުހަލާގައި ވާނީ ފާހަގަކޮށްފައި"

ޑރ މުހައްމަދު ޖަމީލު އަހުމަދު

މި މައްސަލައަށް ބަލާއިރު، ރިޝްވަތު ގަބޫލުކުރިކަމުގެ ދައުވާ ސާބިތުކޮށްނުދީ މަނީލޯންޑަރިންގެ ދައުވާ ސާބިތުކޮށް ނުދެވޭނެ ކަމަށާއި، އެ ކަންކަން ސާބިތުކޮށްދިނުމުގައި ދައުލަތް ފެއިލްވެފައިވާކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

އެކަންކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވީ އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުފާނީ ނުކުތާތަކާއި ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް މަނީލޯންޑަރިންގެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި ހުކުމް ބާތިލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.