އަލީ ރަމީޒު (ފޮޓޯ/ދާރިސް ޓީވީ)
އަލީ ރަމީޒު (ފޮޓޯ/ދާރިސް ޓީވީ)
ހަބަރު 22 Nov 2023 | 07:17

ޢަލީ ރަމީޒްގެ "ޓަޗް ހުރިތޯ" ބަލަން ދޫކޮށްލި މަދަހައަށް ބޮޑު ތަރުޙީބެއް؛ ހަދިޔާއަކަށް މުޅި މަދަހަ ނެރެނީ!

ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު، މަދަހަ ކިޔުމާއިވެސް ދުރުގައި ދުވަސްތަކަކަށް ހުރުމަށްފަހު، "ޓަޗް ހުރިތޯ" ބަލާލަން ކިޔާލައި ދޫކޮށްލި މަދަހައިގެ ތަންކޮޅަށް ގިނަ ބައެއްގެ ތަޢުރީފު އޮހެން ފަށައިފިއެވެ.

ޢަލީ ރަމީޒު އެންމެ ކުރިން މަދަހަ ކިޔަން ފެށިއިރުގެ މަދަހައެއް ކަމަށްވާ "ތިޔައޭ ރަސޫލަކީ" މަދަހައިގެ ކުޑަ ތަންކޮޅެއް، އަލުން ކިޔައި، އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ މީސްމީޑިއާއަށް ދޫކޮށްލާފައެވެ. އެ ވީޑިއޯގެ ކެޕްޝަންގައި، އެއީ "އަދިވެސް ޓަޗް ހުރިތޯ ބަލާލަން" ކިޔާލި މަދަހައެއް ކަމަށް ބުނެފައިވެއެވެ.

ޢަލީ ގެ އެ މަދަހަ މީސްމީޑިއާއަށް ދޫކޮށްލުމާއިއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަތޭކައަށްވުރެ ގިނަ ޝެއާރ އާއި ކޮމެންޓް އަދި ލައިކް އެ ވީޑިއޯ އަށް ވަނީ ލިބިފައެވެ. އަދި މިހާތަނަށް އެ ވީޑިއޯ އަށް 2.8 ޝެއަރ، 1.9 ކޮމެންޓް، 14,000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 154,000 މީހުން ވަނީ ވީޑިއޯ ބަލާފައެވެ.

"ޓަޗް ހުރިތޯ ބަލާލަން" ޢަލީ ދޫކޮށްލި އެ މަދަހައަށް ތައުރީފް ކޮށް ކޮމެންޓް ކުރި އެންމެންވެސް ވަނީ ޢަލީގެ ހުނަރަށް ތަޢުރީފް ކޮށްފައެވެ. އަދި ޔަގީނުންވެސް "ޓަޗް" ހުރި ކަމަށް އެ ބަޔަކު ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ "ކުރިއަށްވުރެވެސް މާ ބޮޑަށް ޓަޗް" ހުރި ކަމަށް ބުނެފައެވެ.

"މާޝާ الله. ކުރިން ވެސް މިހާރު ވެސް ތިވަރުގެ ރަން އަޑެއް އަދި މިރާއްޖޭގައި އުފެދިފައި ނެތް. ރާއްޖޭގެ ރަން އަޑުގެ ވެރިޔާ" މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

"ޓަޗްގެ ވާހަކަ ބަހައްޓާ. އަދިވެސް އައްޔަ އާ ހަމަ ކޮށްލެވޭ ވަރުގެ މީހެއް ނެތް."

"ގައި ހީބިހި ނަގައިގެން ގޮއްސި. ވަރަށް ފުރިހަމަ"

މީގެ އިތުރުން އެއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ، ޢަލީގެ އަޑުން ގިނަ ގިނައިން މަދަހަތައް ކިޔައިގެން ނެރުމަށް އެދިފައެވެ.

" މިދަހައިން ވަރަށް ބޮޑަށް އަސަރު ކޮށްފި. އަދިވެސް މިފަދަ ގިނަ މަދަހަތައް ކިޔުން އެދެން."

މި މަދަހައަށް ކޮމެންޓް ކުރި ގިނަ ބައެއްގެ އެދުމާއި އެކު، ރޭ ޢަލީ ފޭސްބުކު ގައި ކުރި ޕޯސްޓެއްގައި ވަނީ އެ އެންމެންނަށް އުފާވެރި ހަބަރެއް ދެއްވާފައެވެ. އެގޮތުން އަލީ ރަމީޒު ވިދާޅުވީ އެ މަދަހަ އެއްކޮށް ސުޓޫޑިއޯ ރެކޯޑް ވާޝަން ވަރަށް އަވަހަށް ނެރުއްވާނެ ކަމަށެވެ.

2000 ގެ ކުރީކޮޅު ތެރޭގައި ލަވަކިޔައި އުޅުނު ކަމުގައި ވިޔަސް، ދީނީ ގޮތުން އެކަން އޮންނަ ގޮތް އެނގިލެއްވުމުން ޢަލީ ވަނީ މިޔުޒިކާއި އެއްކޮށް ދުރުވެ، ދީނީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާން ފަށްޓަވާފައެވެ. އެގޮތުން، އޭނާ އަކީ ރާއްޖޭގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއްސަލަފްގެ ހަރަކާތްތަކުގަޔާއި، ދީނީ ޗެނަލެއް ކަމަށްވާ 'ދާރިސް ޓީވީ' ގެ ޕްރޮގްރާމް ތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

ލަވަކިޔުން ހުއްޓާލި ދުވަސްކޮޅު މަދަހަ ކީ ނަމަވެސް ފަހުން ޢަލީގެ މަދަހައެއް ވެސް ނެރެފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.