ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ޗެއަރ ކުރައްވައި ސޯޝަލް ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.މި ބައްދަލުވުމުގައި، 'ހަފްތާ 14' ގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން އިޖުތިމާޢީ ދާއިރާގައި ހިމެނޭ ވަޢުދުތައް ރައީސް އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްޞާކުރައްވައިފައި ވެއެވެ.
އަދި ހިއްސާ ކުރެވުނު ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
'ހަފްތާ 14' ގައި ޖުމްލަ 161 ވަޢުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވަޢުދަކީ އިޖުތިމާޢީ ދާއިރާގެ ތެރޭގައި ހިމެނޭ ވަޢުދުތަކެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފްތާ 14' ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް