މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލަން ނިންމައިފި
މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމީ މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ޑރ.ޝަހީމް ގެ ޓްވީޓްގައި އެއީ މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖްލީހެއްކަމަށް ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ މިވަގުތު 1،000 މިސްކިތް ހުރިކަމަށާއި މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވަން ވަނީ ވައުދުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް