ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި ވޮއިސްގެ ސީއީއޯ މުހައްމަދު ސައުޒަމް
ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި ވޮއިސްގެ ސީއީއޯ މުހައްމަދު ސައުޒަމް
ކުޅިވަރު 23 Apr 2023 | 11:07

ރިސޯޓް ލީގުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. އަދި ވޮއިސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ސައުޒަމް އެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތަކީ 2013 ވަނަ އަހަރު ބާއްވަން ފެއްޓުނު މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 52 ޓީމު ބައިވެރިވި އިރު، ޖުމްލަ 101 މެޗު ވަނީ ކުޅެވިފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވަނީ ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ކުރެވިފައެވެ. އަދި މި މުބާރާތުގައި ރާއްޖެ ބޮޑިތި ހުރިހާ ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތް މެއި 15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ހަތަރު މަސް ދުވަހަށް ދިގުދެމިގެންދާއެވެ. އަދި 8 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ވެސް 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް މުބާރާތުގެ މެޗުތަކުގެ މެން އޮފް ދަ މެޗަށް ހޮވޭ ފަރާތަކަށް އެވޯޑްގެ އިތުރުން ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދިގު އިންތިޒާރަކަށް ފަހު ބޮޑު އަދަދެއްގެ ފައިސާގެ އިނާމާއެކު ރިސޯޓް ސުޕަރ ލީގު މިއަހަރު ފެށިގެންދާއިރު މިއަހަރުގެ ރިސޯޓް ލީގުގެ ހުރިހާ ޗެމްޕިއަން ޓީމަކަށް ސުޕަރ ލީގުގެ އޮޓެމެޓިކް ޖާގައެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ކުޑަހުވަދޫ ބުރަދާސް އެކަޑަމީގެ "ބޮޑުޢީދު ފުޓްސަލް ޗެލެންޖް"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
27 Apr 2026 ކުޅިވަރު

ކުޑަހުވަދޫ ބުރަދާސް އެކަޑަމީގެ "ބޮޑުޢީދު ފުޓްސަލް ޗެލެންޖް"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ކުޑަހުވަދޫ ބުރަދާސް އެކަޑަމީގެ ފަރާތުން ބާއްވަމުން "ކުޑަހުވަދޫ ބޮޑުއީދު ފުޓްސަލް ޗެލެންޖް" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ. ބުރަދާސް އެކަޑަމީން ކުޑަހުވަދޫގައި ބާއްވަމުން އަންނަ މި މުބ...

އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025"ގެ މިޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
11 Aug 2025 ކުޅިވަރު

އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025"ގެ މިޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ރ. މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން، އެ އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ މީޑިއާ ޕާޓްނަރަކަ...

ޕީސް ފައުންޑޭޝަނުގެ އެންމެ ބޮޑު އިވެންޓު، "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް
11 Aug 2025 ހަބަރު

ޕީސް ފައުންޑޭޝަނުގެ އެންމެ ބޮޑު އިވެންޓު، "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް

ޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ ޕްރޮގްރާމް "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ. "ލަކްސަނަ" ޕްރޮގްރާމަކީޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތި...

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
19 Jul 2025 ކުޅިވަރު

ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

އީއެކްސްއީ ކްލަބާއި ކްލަބް ޑިވެންގް ގުޅިގެން އިންތިޒާމުކުރާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025" ގެ އޮފިޝަލް މީޑިއަ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރާއެކ...

މުރައިދޫ އިންވިޓޭޝަނަލް ވެޓަރަންސް ވޯލީބޯޅަ ޓޯނަމެންޓް 2025 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
15 May 2025 ހަބަރު

މުރައިދޫ އިންވިޓޭޝަނަލް ވެޓަރަންސް ވޯލީބޯޅަ ޓޯނަމެންޓް 2025 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރާއެކު ވ...

ބުރަދާސް އެކަޑަމީގެ "ބޮޑުއީދު ފުޓްސަލް ޗެލެންޖް 1446" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
05 May 2025 ކުޅިވަރު

ބުރަދާސް އެކަޑަމީގެ "ބޮޑުއީދު ފުޓްސަލް ޗެލެންޖް 1446" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ބްރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް އޮތް ބޮޑުއީދު ބަންދާއި ދިމާކޮށް ދ.ކުޑަހުވަދޫގައި ބާއްވާ "ބޮޑުއީދު ފުޓްސަލް ޗެލެންޖް 1446" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ...