"ބޮޑުއީދު ފުޓްސަލް ޗެލެންޖް"މީޑިއާ ޕާޓްނަރ އެއްބަސްވުމުމުގައި ސޮއިކުރުން..
"ބޮޑުއީދު ފުޓްސަލް ޗެލެންޖް"މީޑިއާ ޕާޓްނަރ އެއްބަސްވުމުމުގައި ސޮއިކުރުން..
ކުޅިވަރު 27 Apr 2026 | 10:02

ކުޑަހުވަދޫ ބުރަދާސް އެކަޑަމީގެ "ބޮޑުޢީދު ފުޓްސަލް ޗެލެންޖް"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ކުޑަހުވަދޫ ބުރަދާސް އެކަޑަމީގެ ފަރާތުން ބާއްވަމުން "ކުޑަހުވަދޫ ބޮޑުއީދު ފުޓްސަލް ޗެލެންޖް" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.

ބުރަދާސް އެކަޑަމީން ކުޑަހުވަދޫގައި ބާއްވަމުން އަންނަ މި މުބާރާތަކީ ބޮޑުއީދުގައި ފެނިގެންދާ އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވޮއިސް ހަމަޖެއްސިއިރު، މިދިޔަ ފަހަރުގެވެސް މީޑިއާ ޕާޓްނަރަކީ ވޮއިސްއެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މުބާރާތާ ބެހޭގޮތުން ބްރަދާސް އެކަޑަމީގެ ޗެއަރޕާސަން އިސްމާއީލް އާދިލް ވިދާޅުވީ، މުބާރާތުގައި މިހާތަނަށް 8 ޓީމަކުން ބައިވެރިވެފައިވާކަމަށެވެ. އަދި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 27 ވަނަ ދުވަހުގެ ރޭކަމުގައި އޭނާ ވިދާލުވިއެވެ.

މި މުބާރާތުގެ ވަނަތަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަށް ބަލާއިރު، ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ، އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބްރަދާސް އެކަޑަމީއަކީ ކުޑަހުވަދޫގައި ކުޅިވަރު ކުރިއެރުވުމަށް މިހާރު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ވަރަށް ހިންގުންތެރި އެކަޑަމީއެކެވެ. އެގޮތުން މިހާރު ވެސް އެއެކަޑަމީގެ ފަރާތުން އަންނަނީ ކުޑަހުވަދޫގައި ފުޓްބޯޅަ އަދި ފުޓްސަލްގެ އިތުރުން އަންހެން ހޭންޑްބޯޅަ ވައިޑީޕީ ޕްރޮގްރާމް ހިންގަމުންނެވެ.

މީގެ އިތުރުން އެ އެކަޑަމީއަކީ އިޖުތިމާއީގޮތުން ރައްޔިތުންނާއި މުޅި މުޖުތަމައުގެ ލާބައަށް ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.