ޒުވާން ގައުމީ ޓީމު ސައުދީއަށް ފުރުމުގެ ކުރިން -- ފޮޓޯ: އެފްއޭއެމް
ޒުވާން ގައުމީ ޓީމު ސައުދީއަށް ފުރުމުގެ ކުރިން -- ފޮޓޯ: އެފްއޭއެމް
ކުޅިވަރު 23 Sep 2022 | 16:48

ސައުދީގައި ޒުވާން ގައުމީ ޓީމު ތާށިވި ކަމަށް ބުނި ހަބަރު އެފްއޭމްއިން ދޮގުކޮށްފި

20 އަހަރުން ދަށުގެ އޭސިއަން ކަޕުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ސައުދީ އަރަބިއާ އަށް ދިޔަ ޒުވާން ގައުމީ ޓީމު ތާށިވި ކަމަށް ބުނި ހަބަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) އިން ދޮގުކޮށްފިއެވެ.

އެފްއޭއެމްގެ  ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) މިހެން ވިދާޅުވެފައިވަނީ 20 އަހަރުން ދަށުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓު ކެންސަލްވެ އެނބުރި ރާއްޖެ ނާދެވި ސައުދީގައި ތާށިވި ކަމަށް ދިވެހި މީޑިއާ އަކުން މިއަދު ރިޕޯޓު ކުރުމާއި ގުޅިގެން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އެ ހަބަރަށް ރައްދު ދެއްވަމުން ޖަވާ ވިދާޅުވެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި ޒުވާން ޓީމު އެނބުރި އައުން ލަސްވަނީ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އުމްރާއިން އެނބުރި އައުން ލަސްވެ ފްލައިޓު ކެޓުމުން ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ހާލު ރަނގަޅު ކަމަށާއި ވީހާވެސް އަވަހަށް ޓީމު ރާއްޖެ ގެނައުމަށް އެފްއޭއެމް އިން އެއާލައިން ތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޖަވާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިފަދަ ހަބަރެއް ގެނައި އިރު އެފްއޭއެމްގެ މީޑިއާ އޮފިޝަލަކާއި ނުވަތަ އެހެން ފަރާތެއްގެ ބަހެއް ހޯދާފައި ނުވާތީ ޖަވާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް