ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު 23 Nov 2022 | 00:31

ޔުނައިޓެޑުން ވަކިވިޔަސް ސަޕޯޓަރުން ދެކެ ލޯބިވޭ، މި ބަލަނީ އެހެން ކުލަބެއް: ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް އޮތް ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ ކަމަށާއި މިއީ އާ ޗެލެންޖެއް ނުވަތަ އާ ކުލަބަކަށް ބަދަލުވާން ޖެހޭ ދަނޑިވަޅުކަމަށް ގަބޫލުކުރާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކެރިއަރުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދި މެންޗެސްޓަރ ޔުނައިޓެޑުގައި ރޮނާލްޑޯ ހޭދަކުރި ދުވަސްތަކަށް ފަހު މައްސަލަ ހޫނުވީ އޭނާ ދިން އިންޓަވިއު އަކާއި ގުޅިގެންނެވެ.

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑު ބަދުނާމުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެ މައްސަލަ ހޫނުވެފައިވަނިކޮށް ރޮނާލްޑޯ ވަނީ އެ ވާހަކަތައް ދިފާއުކޮށް ދާދިފަހުން ވާހަކަވެސް ދައްކާފައެވެ.

އެ ވާހަކަތާއެކު މައްސަލަ އިތުރަށް ހޫނުވެ އެންމެފަހުން ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

ރޮނާލްޑޯވަނީ ޔުނައިޓެޑުން އޭނާއަށް ކަންތައް ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަން ހާމަކޮށްފައެވެ. އަދި އޭނާ ޓީމުން ބޭރު ކޮށްލަން މަސައްކަތް ކުރަމުންދާކަމަށް ރޮނާލްޑޯވަނީ ތުހުމަތު ކޮށްފައެވެ. މީގެ އިތުރުން ކްލަބްގެ ކޯޗް ޓެން ހާގް އަށް އޭނާގެ އިހްތިރާމް ލިބިގެން ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ.

ރޮނާލްޑޯ މިހާރު އަންނަނީ ވާރލްޑް ކަޕަށް ޕޯޗުގަލް ޓީމާއެކު ތައްޔާރުވަމުންނެވެ. މިފަހަރުގެ ސީޒަންގައި ރޮނާލްޑޯއަށް ޔުނައިޓެޑްގައި ހޭދަކުރިތަން ފެނިގެންދިޔައީ އެހާ ހިތްހަމަ ޖެހޭ ދުވަސްތަކެއް ނުނެވެ. މިގޮތުން ފުރަތަމަ އެގާރައިން މަދުން ޖާގަލިބޭ އިރު ދެތިން ފަހަރެއްގެމަތިން ކްލަބާއި ކޯޗާއި މައްސަލަ ޖެހި ފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް