އިސްކަންދަރު ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އިސްކަންދަރު ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އިން ބުނެފައިވަނީ އިސްކަންދަރު ސްކޫލްގެ ތެރޭގައި ހުރި ޑީ ބޯޑެއްގައި އަލިފާން ރޯވެ އެފްއާރްއެސް އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވެ ސްކޫލްެގެ މުވައްޒަފުން އަލިފާން ނިއްވާލި ކަމުގެ މައުލޫމާތުވެެސް ވަނީ ލިބިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް