ނިއުގެ ކަންކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން...
ނިއުގެ ކަންކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން...
ރިޕޯޓް 16 Oct 2024 | 08:01

ނިއުރޭޑިއަންޓް ނަގާ ކޮޅަށް ޖެހުމުގެ ދަތުރު: ސީނިއާ ވައިސް ޗެއާއަކަށް މެމްބަރު ކައްޕި؟

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު، ހަމަ ޔަގީނުންވެސް އެންމެ ކުރިއަށް އަންނާނެ އެއް ނަމަކީ ނިއުރޭޑިއަންޓެވެ. އެ ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި އެއީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ ކާމިޔާބު އެއް ކްލަބެވެ. ނަމަވެސް އެއީ މާޒީއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިއަދު ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާއިރު، މިއީ މީގެ ކުރިން ފެންނާނެކަމަށް އެއްވެސް މީހަކު ހިތައްވެސް އެރި ދުވަސްތަކެއް ނޫނެވެ. ނިއުރޭޑިއަންޓް އަދި ވިކްޓްރީ ފަދަ ކްލަބްތައް ރާއްޖޭގެ ފުޓްބޯޅައިގެ ރެލިގޭޝަން ޒޯނަށް ވެއްޓި ދެވަނަ ޑިވިޒަނުގައި ކުޅޭތަން ބެލުމަކީ މިއިން އެއްވެސް ކްލަބެއްގެ ސަޕޯޓަރަކު ބޭނުންވާނޭ ކަމެއްވެސް ނޫނެވެ. ކޮންމެގޮތެއް ވިއަސް މިހާރު ނިއުރޭޑިއަންޓާ ވިކްޓްރީ ސަޕޯޓަރުން ދެކެމުން މިދަނީ އެ ދުވަސްތަކެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ނިއުރޭޑިއަންޓަށް ހައްގުވާ ހިސާބަށް އައުމަށް ނިއުރޭޑިއަންޓްގެ އައު ބޯޑް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެތެރެއިން ސީނިއާ ވައިސް ޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) ވަނީ ކުރިމަތިލާނޭކަން ހާމަކޮށްފައެވެ.

ވޮއިސްއާ ވާހަކަދައްކަވަމުން ކައްޕި ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ. މަގްސަދަކީ ނިއުރޭޑިއަންޓް އިހު އޮތް ލެވެލްއަށް ގެންދިއުމެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓްރީ ސްޕޯޓްސް ކްލަބަކީ ކޮންމެހެންވެސް ފުރަތަމަ ޑިވިޝަނުގައި އޮންނަން ޖެހޭނެ ދެ ކްލަބް. އަޅުގަނޑު ބޭނުންވަނީ ނިއުރޭޑިއަންޓް ސަޕޯޓަރުން ބޭނުންވާ ހިސާބަށް ކްލަބް ގެންދިއުން. އެ އަމާޒަށް ވާސިލްވުމުގެ އަޒުމުގައި މި ނިކުންނަނީ

ކުރީގެ ރާއްޖޭގެ ޤައުމީޓީމުގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެމޮޅު އެއް ޑިފެންޑަރު މުހައްމަދު އިބްރާހީމް (ކައްޕި) ގެ ކޮއްކޮ ޢަލީ އިބްރާހީމް ވިދާޅުވިއެވެ.

މެންބަރު ޢަލީ އިބްރާހީމް (ކައްޕި) އާއެކު ނިއުރޭޑިއަންޓްގެ ބޯޑަށް ޗެއާއެއްގެ ގޮތުގައި ކުރިމަތިލައްވަން ނިންމަވާފައިވަނީ، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ނިއުގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި މިހާރުވެސް ހުންނެވި އަހުމަދު މުބީންނެވެ. މުބީން އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކްލަބް ކޮޅަށް ޖެހުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.

މުބީން އެފްބީއަށް ދޫކޮށްލެއްވި ފޮޓޯއެއް

ކުލަބު އޭގެ ޙައްޤު މަޤާމަށް ވާސިލުކުރުމަށްޓަކައި އިތުރަށް އަޅުގަނޑުމެން އަތުކުރި އޮޅާލަން އެ މަސައްކަތް މިހާރު ވެސް ފެށިއްޖެ ކަމުގެ އުފާވެރި ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްލަން. އެކަމަށް އަދައި، ކުރާން ޖެހުނު ކޮންމެ މަސައްކަތެއް ކުޅައުމަށް އަޅުގަނޑުމެންގެ ޓީމު މިއޮތީ ތައްޔާރަށް

ކައްޕި، އަދި ނާސިރު އާއެކު ނިއުރޭޑިއަންޓްގެ މަސައްކަތެއްގައި ހަރަކާތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެފްބީގައި ޕޯސްޓްކުރައްވަމުން މުބީން ވިދާޅުވިއެވެ

ނިއުރޭޑިއަންޓްގެ ބޯޑުގެ ޗެއާމަންގެ ގޮތުގައި ހުންނެވި އަހުމަދު ވާސިފް އިސްތިއުފާ ދެއްވުމުން ޗެއާމަނަކު އައްޔަންކުރުމާއި، ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ އެ ކްލަބުން ފަށާފައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުގެ އައު ބޯޑު އިންތިހާބުކުރުން މިހިނގާ އޮކްޓޯބަރުމަހުގެ 20 ވަނަ ދުވަހު އޮންނާނެއެވެ. މިހާރު ކުރިއަށްދަނީ ބޯޑުގެ ބައެއް މަޤާމުތައް ބަދަލުވާތީވެ އަސާސީ ގަވާއިދު އިސްލާހްކުރުމުގެ މަސައްކަތެވެ.

ނިއުރޭޑިއަންޓް ދެވަނަ ޑިވިޝަނަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކްލަބާއި ސަޕޯޓަރުން އެންމެ ބޮޑަށް ފާހަގަކުރަނީ ކުޅުންތެރިންނަށް މުސާރަދިނުމުގައި އިހުމާލުވިކަމަށް ބުނެ އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމެވެ. ނަމަވެސް މި ކަމަކީ ކްލަބާއި ސަޕޯޓަރުން ގަބޫލުކުރާ ހަމައެއް ނޫނެވެ. ސަބަބަކީ އޭރު އިގްތިސާދީ ގޮތުން ދިމާވި ދަތިތަކާ ގުޅިގެން ގިނަ ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދެވި ހުއްޓެވެ.

ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭރު އެފްއޭއެމުން ނިއުރޭޑިއަންޓާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ވަކި މަޤްސަދެއްގައެވެ. އެއީ އޭރު އެފްއޭއެމުން ނިއުއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، ލީޑަރޝިޕް ބަދަލުކުރުމަށް ކްލަބްތަކާ ގުޅިގެން ކުރި މަސައްކަތުގެ އަދަބެއްގެ ގޮންނެވެ.

ކޮންމެއަކަށް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނާއި މުޅި ފުޓްބޯޅަ އާއިލާގެވެސް އެންމެބޮޑު އުއްމީދަކީ ނިއުރޭޑިއަންޓް އިހުގެ ހާލަތަށް އައުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...