އާޖެންޓީނާގެ ޕަރެޑޭސް ޔުވެންޓަސްގެ ފިޔާތޮށި ޖާރޒީގައި
އާޖެންޓީނާގެ ޕަރެޑޭސް ޔުވެންޓަސްގެ ފިޔާތޮށި ޖާރޒީގައި
ކުޅިވަރު 24 Oct 2022 | 06:14

އަނިޔާގެ ސަބަބުން އާޖެންޓީނާގެ ޕަރެޑޭސް ދެ ހަފުތާ ކުޅުމާއި ދުރަށް

އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް އަށް ލިބުނު އަނިޔާގެ ސަބަބުން ދެ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނާނެ ކަމަށް އޭނާގެ ޓީމު ޔުވެންޓަސް އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާގެ ސްކޮޑުގައި ހިމެނުނު ޕެރެޑޭސް ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާއާ ހަމައަށް ކުޅުމާ ދުރުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ބެލެވެނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ގަތަރުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ ވޯލްޑް ކަޕް ކެމްޕެއިން ގެ ފުރަތަމަ މެޗު އޭނާއަށް ގެއްލޭނެ ކަމަށެވެ.

"މިއަދުގެ ޓްރެއިނިން ސެޝަން ނިމުނުއިރު މަސްގަނޑަށް ދިމާވި މައްސަލައަކާ ގުޅިގެން ލިއަންޑްރޯ ޕަރޭޑެސް ވަނީ ޑައިގްނޯސްޓިކް އެގްޒަމިނޭޝަންތަކެއް ހަދާފައި، އޭނާގެ ފަލަމަސްގަނޑު ގެ ބަޔަކަށް އަނިޔާ ވެފައިވާކަމަށް ވަނީ ދައްކާފައި" ޔުވެންޓަސް އިން ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސީގައި އާޖެންޓީނާ ހިމެނޭއިރު މެކްސިކޯ އާއި ޕޮލެންޑް ވެސް އޮތީ އެއް ގްރޫޕެއްގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް