އަޓޭޓާއަށް އަނިޔާވެގެން ދަނޑުން ބާލަނީ.. ފޮޓޯ: ރޮއިޓާސް
އަޓޭޓާއަށް އަނިޔާވެގެން ދަނޑުން ބާލަނީ.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު 24 Oct 2026 | 09:19

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން

ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި، އާސެނަލްގެ މުހިންމު ކުޅުންތެރިޔާ ބުކާޔޯ ސަކާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ގާތްގަނޑަކަށް އަށް ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އުމުރުން 25 އަހަރުގެ ސަކާއަށް މި އަނިޔާ ލިބުނީ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވެފައި ވަނިކޮށެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އަނިޔާގެ ސީދާ މިންވަރު ދެނެގަތުމަށްޓަކައި ހުކުރު ދުވަހު އޭނާގެ އެމް.އާރް.އައި ސްކޭނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި އަނިޔާގެ ސަބަބުން ސަކާއަށް މަދުވެގެން ހަ ހަފުތާގެ މުއްދަތެއް ގެއްލޭނެކަމަށް އާސެނަލްގެ މެޑިކަލް ޓީމުން ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، މިއީ ހަމަ ކުޅުންތެރިއަކަށްވެސް އަތުވެދާނެ ދުވަހެއް ކަމަށެވެ. އަނިޔާވި ހިސާބުގައި ފެން ހެދިފައި ހުރުމުގެ ސަބަބުން އަނިޔާގެ ފުންމިން ދެނެގަތުމަށް މިވަގުތު އުނދަގޫތަކެއް ހުރި ނަމަވެސް، އިތުރު ސްކޭންތަކަށްފަހު ވަރަށް އަވަހަށް ސީދާ ގޮތެއް އެނގޭނެ ކަމަށް އަޓޭޓާ ބުންޏެވެ.

ސަކާގެ މި އަނިޔާއަކީ ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް މަސައްކަތްކުރާ އާސެނަލަށް ލިބުނު ވަރަށް ބޮޑު ލޮޅުމެކެވެ. މި އަނިޔާގެ ސަބަބުން، ލީގުގައި އެވަަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، އިންގްލެންޑް ގައުމީ ޓީމުން ކުރިއަށް އޮތް ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުތައްވެސް ސަކާއަށް ގެއްލޭނެ ކަމަށް ބެލެވެއެވެ.

ފާއިތުވި ދެ ސީޒަނުގައިވެސް ސަކާއަށް ވަނީ ތަފާތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ކޯނާ މަސްގަނޑާއި، އުނަގަނޑު އަދި ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މެޗުތަކަކުން ބާކީވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.