މަސީގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑާ ވިލާ ހަކަތައިގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް ހަވާލު ވަނީ-- ފޮޓޯ/ވިލާ ހަކަތަ
މަސީގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑާ ވިލާ ހަކަތައިގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް ހަވާލު ވަނީ-- ފޮޓޯ/ވިލާ ހަކަތަ
ވިޔަފާރި 25 Dec 2023 | 10:54

މަސީގެ ސިމެންޓް ސަޕްލަޔަރ އޮފް ދި އިޔަރ ވިލާ ހަކަތަ އަށް!

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑު ވިލާ ހަކަތައަށް ލިބިއްޖެ އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެ އެވޯޑު ހަފްލާގައި ވިލާ ހަކަތައިގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް އެވެ.

މިކަމާއި ގުޅޭގޮތުން ވިލާ ހަކަތައިން ބުނީ، ފާއިތުވެދިޔަ ފަސް އަހަރުގައިވެސް އެންމެ ރަނގަޅު ސިމެންތި ފޯރުކޮށްދިނުމުގައި ދެމި އޮތީ ވިލާ ހަކަތަ ކަމަށެވެ. އަދި ސިމެންތި ފޯރުކޮށްދިނުމުގައި މާކެޓް ލީޑާގެ ގޮތުގައި ވިލާ ހަކަތަ އޮތް އިރު، މި އެވޯޑް ލިބިގެން ދިޔައީވެސް އެ ސަބަބުތަކާއި ހުރެކަން ފާހަގަކޮށްފައިވެއެވެ.

ވިލާ ހަކަތައިގެ އުފެއްދުމެއް ކަމުގައިވާ ވިލާ ސިމެންތި އުފެއްދުމަށް ކ. ތިލަފުށީގައި ހިންގާ ސިމެންތި ކާރުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ އަވަހަށް ސިމެންތި ބަންދުކުރާ ކާރުޚާނާ އެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ސިމެންތީގެ ޕެކިން ކެޕޭސިޓީ ވެސް އިތުރުކޮށް، ވިލާ ސިމެންތި ކާރުޚާނާގައި 50 ކިލޯގެ ބަސްތާގެ އިތުރުން މިހާރު އެއް ޓަނުގެ ޖަމްބޯ ބޭގް ވެސް މިހާރު ލިބެން ހުރެއެވެ.

އެންމެ ޒަމާނީ މެޝިނަރީއެކު، ތިލަފުށީގައި ހުންނަ އޮޓޮމޭޓެޑް ކާރުޚާނާގައި އެއްފަހަރާ ގިނަ އަދަދެއްގެ ސިމެންތި، މޮޅު ކޮލިޓީގައި ބަންދުކުރުމުގެ ގާބިލްކަން ވިލާ ހަކަތައް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބިޔަ މަޝްރޫއު ތަކަށް ވިލާ ސިމެންތި ވަނީ ބޭނުންކޮށްފައެވެ.

ވިލާ ހަކަތައިން ބުނާ ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ އިމާރާތްތަކުގެ އުމުރު ދިގުކޮށްދޭ ފަދަ މޮޅު ކޮލެޓީގެ ސިމެންތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. އެކަން ކަށަވަރު ކުރުމަށް އެ ކުންފުނިން 'ލޫސް ސިމެންތި' އެތެރެކޮށް، އެ ކުންފުނީގެ ސިމެންޓް ސްޓޯރޭޖް ސައިލޯ ފެސިލިތީގައި ރައްކާ ކުރެ އެވެ. އަދި ކޮލެޓީ ދެމެހެއްޓުމަށްޓަކައި ސިމެންތި ބަންދުކުރަނީ ޑެލިވާ ކުރަން ތައްޔާރުވުމުންނެވެ.

ވިލާ ހަކަތައަކީ ސިމެންތީގެ އިތުރުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، ތެޔޮ، ޝެލް ލުބްރިކެންޓްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އެ ނޫނަސް އިތުރު އިންޑަސްޓްރިލް މުދާ ވިއްކާ ކުންފުންޏެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި 25 އަހަރު
14 Jan 2025 ވިޔަފާރި

ވިލާ ހަކަތަ؛ ސިނާއީ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި 25 އަހަރު

ވިލާ ހަކަތައިން މެދުކެނޑުމެއްނެތި ދިވެހިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދެމުންދާތާ 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މިއީ ކުރިއެރުމާއި، ތަރައްގީގާއި، އައު އީޖާދީ އުފެއްދުންތައް ތަޢާރަފް ކުރުމަށް...

ކައިޒެންއިން ވިލާ ހަކަތައިގެ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
25 May 2024 ހަބަރު

ކައިޒެންއިން ވިލާ ހަކަތައިގެ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ވިލާ ހަކަތައިގެ މުވައްޒަފުންނަށް ސްވިޒަލޭންޑުގެ ކައިޒެން އިންސްޓިޓިއުޓުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ވިލާ ހަކަތައިގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހަފްތާއެއްގެ މުއްދަތަށ...

ވިލާ ސިމެންތި؛ އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ސިމެންތި
29 Jul 2023 ވިޔަފާރި

ވިލާ ސިމެންތި؛ އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ސިމެންތި

ދިވެހިރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު އަދި އެންމެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންކޮށް އިތުބާރު ހޯދާފައިވާ އެއް ސިމެންތިއަކީ ވިލާ ސިމެންތިއެވެ. ވިލާ ހަކަތައިގެ އުފެއްދުމެއް ކަމުގައިވާ ވިލާ ސިމެންތ...

ކޮލިޓީ ޕްލައިވުޑުގެ އެކި ވައްތަރުތައް ވިލާ ހަކަތައިން
24 May 2023 ވިޔަފާރި

ކޮލިޓީ ޕްލައިވުޑުގެ އެކި ވައްތަރުތައް ވިލާ ހަކަތައިން

ގެދޮރު އިމާރާތް ކުރުމާއި އެނޫންވެސް ބޭނުންތަކަށް ބޭނުން ކުރާ ފެންވަރު ރަނގަޅު، އަދި ކޮލިޓީ ޕްލައިވުޑު ވިލާ ހަކަތައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 2000 ވަނަ އަހަރު ތެރޭގައި ހުޅުވިގެންދިޔަ ވ...

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ވިލާ ގްރޫޕުން ކުލަގަދަ ހަފްލާއެއް ބާއްވައިފި
09 Mar 2023 ހަބަރު

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ވިލާ ގްރޫޕުން ކުލަގަދަ ހަފްލާއެއް ބާއްވައިފި

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިލާ ގްރޫޕްގެ ފަރާތުން ކުލަ ގަދަ ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާ ބާއްވާފައިވަނީ ވިލާ ކޮލެޖުގައެވެ. މިހަފްލާގައި އަންހެނުންގެ ބާރުވެރިކަމާއި، ދުޅަހެޔޮކަމާ...

ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ރޫފިން ޕްރޮޑަކްޓްސް މާކެޓަށް ނެރެފި
22 Jan 2023 ވިޔަފާރި

ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ރޫފިން ޕްރޮޑަކްޓްސް މާކެޓަށް ނެރެފި

ގިނަބަޔަކު މިހާރުވެސް ބޭނުން ކުރަމުންދާ ވިލާ ރޫފިންގް ޝީޓްގެ އާ އުފެއްދުމެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް-ކޯޓިންގް ގެ ވިލާ ރޫފިންގް އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ. ވިލާ ރޫފިންގްއަކީ ރ...