ޕީއެސްޖީ އިން 58 އަހަރުވީ ޔޫރަޕުގެ ރިކޯޑެއް މުގުރާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން މޮޅުވެ 58 އަހަރުވީ ޔޫރަޕުގެ ރިކޯޑެއް ޕީއެސްޖީއިން މުގުރާލައިފިއެވެ.
ޔޫރަޕުގެ ލީގު ތަކުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ކުރިން މި ރެކޯޑް އޮންނަނީ 1960-61 ވަނަ އަހަރުގެ ސީޒަނުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވި އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ޓޮޓެންހަމް އަތުގައެވެ.
ޕީއެސްޖީއިން މި ރިކޯޑް ހަދާފައިވަނީ ލީލްއާއި ބައްދަލުކުރި މެޗެ 2-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި ސީޒަން ފެށުނީއްސުރެ ލީގުގައި އެއްފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުންދާ ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ ފްރާންސްގެ ތަރި އެމްބައްޕޭ އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ.
ލީލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ކުރިއަށް ކުޅޭ ޕެޕޭއެވެ.
ޕީއެސްޖީ ފްރާންސް ލީގުގެ އެއްވަނައިގަ އޮތީ 36 ޕޮއިންޓާއެކު ދެވަނައިގަ އޮތް ލީލްއަށް ވުރެ 11 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގެ ދެވަނައިގަ ލީލް އޮތީ 25 ޕޮއިންޓާއެކުއެވެ.
ޕީއެސްޖީ ކުރިއަށް ކުޅެން އޮތީ ޗެންޕިއަންސް ލީގުގައި ނަޕޯލީއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް