ޝެއިޚް ހަސީނާ: ފޮޓޯ/ އެކްސް
ޝެއިޚް ހަސީނާ: ފޮޓޯ/ އެކްސް
ދުނިޔެ 11 Aug 2024 | 09:18

ހަސީނާގެ ދަރިކަލުން ވިދާޅުވަނީ މަންމަ އިސްތިއުފާ ނުދެއްވާކަމަށާއި އެނބުރި ޤައުމަށް ވަޑައިގަންނަވާނޭކަމަށް

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝެއިޚް ހަސީނާ އިސްތިއުފާ ނުދެއަވާކަމަށާއި، އެންބުރި ބަންގާޅަށް ވަޑައިގަންނަވާނޭކަމަށް އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މިފަހުން ބަންގާޅުގައި ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، އިސްތިއުފާދެއްވުމަށް މަޖުބޫރުވާ ހިސާބަށް ކަންކަން ދިއުމުން ބޮޑުވަޒީރު ސެއިހް ހަސީނާ ވަނީ އަސްކަރިއްޔާގެ ހިމާޔަތުގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ ހަސީނާ ބަންގާޅު ދޫކުރައްވައި ވަޑައިގަތުމާ ގުޅިގެން އެޤައުމުގެ މީޑިއާއިން ބުނެފައިވަނީ ހަސީނާ ވަޑައިގެންނެވީ އިސްތިއުފާ ދެއްވާފައިކަމަށް ބުނެފައެވެ.

މި މައްސަލާގައި ބޮޑުވަޒީރު ހަސީނާގެ އެޑްވައިޒަރު އަދި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ވިދާޅުވިކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، މަޤާމުން އިސްތިއުފާ ނުދެއްވުނީ ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރަށް މުޒާހިރާގެ ބައިވެރިން އަރައިގަތުމާއެކު އެކަމަށް ވަގުތު ލިބިވަޑައިނުގަތުމުންކަމަށެވެ. އެގޮތުން މާ ލަސްތަކެއް ނުވެ ހަސީނާ އެނބުރި ޤައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން އޭނާގެ ދަރިފުޅު ވަނީ ބުނެފައެވެ.

ހަސީނާ ގެންދަވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ނިއުދިއްލީގައި ހިޔާވަހިކަން ހޯދަމުންނެވެ. އިންޑިއާއަށް ވަޑައިގަތުމަށްފަހު މިއަދާހަމަޔަށް ހަސީނާގެ ފަރާތުން މީޑިއާއަށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާއިރު، ބަންގާޅު މިވަގުތު ހިންގަމުންދަނީ ވަގުތީ ސަރުކާރެއް އެކުލަވާލައިގެންނެވެ. ވަގުތީ ސަރުކާރު ލީޑް ކުރައްވަމުންގެންދަވަނީ ބައިނަލްއަޤްވާމީ ސުލްހައިގެ އިނާމް ހާސިލްކުރައްވާފައިވާ އަދި ވިޔަފާރިވެރިއެއްކަމަށްވާ ޑރ.މުހައްމަދު ޔޫނުސް އެވެ.

170 މިލިއަން މީހުންގެ އާބާދީ އެންނަ ބަންގްލަދޭޝްގައި މިފަހުން ކުރި މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން މަރުވި ގިނަ މީހުންނަކީ ޔުނިވަރސިޓީތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް