ލަނޑުޖެހުމަށްފަހު ޔަމާލް.. ފޮޓޯ: ބެއިން ސްޕޯޓްސް
ލަނޑުޖެހުމަށްފަހު ޔަމާލް.. ފޮޓޯ: ބެއިން ސްޕޯޓްސް
ކުޅިވަރު 30 Sep 2026 | 04:12

ޔުއެފާ ނޭޝަންސް ލީގް؛ ކްރޮއޭޝިއާ އަތުން ސްޕެއިންއަށް ފަސޭހަ މޮޅެއް

ޔުއެފާ ނެޝަންސް ލީގްގައި ރޭ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ސްޕެއިން ކާމިޔާބުކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ސްޕެއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗްގައި ސްޕެއިންނަށް ގޯލް ހުޅުވާލަދިނީ މެޗް ފަށައިގެން ދެވަނަ މިނެޓް ތެރޭގައި ޔަމާލް އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. ސްޕެއިނުން ލީޑް ނަގާފައިވަނިކޮށް، މެޗުގެ 28 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ދިއޮން ބެލްޖޯ ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ކްރޮއޭޝިއާއިން މެޗް އެއްވަރުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ މާކް ޕުބިލް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ލީޑް ނަގައިދީފައެވެ. މިއީ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ލަނޑެކެވެ.

ދެވަނަ ހާފް ކުޅުން ފަށައިގެން ސްޕެއިނުން މެޗް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު، ޔަމާލް ވަނީ މިމެޗްގައި އެނާގެ ދެވަނަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ ފަހު ލަނޑު ޖަހައިދިނީ މެރީނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިލިއަމްސް އެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ލަނޑު ޖެހި ޔަމާލް ހޯދިއިރު، މިމެޗުން ލިބުނު މޮޅާއެކު ސްޕެއިން ވަނީ ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.