ބޯންމައުތާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ބޯންމައުތާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ކުޅިވަރު 26 Oct 2026 | 02:54

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބޯންމައުތު އަތުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޯންމައުތާ ދެކޮޅަށް ކުޅުނުމެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީޯ 3-0 ގެ ނަތީޖާއިންނެވެ. ވިދިވިދިގެން މޮޅެއް ނުލިބި 8 މެޗް ފަހަނައަޅައި ގޮސްފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑް އެންމެފަހުން މިފަދަ ހާލަތަކަށް ގޮސްފައިވަނީ 2015 ވަނަ ސީޒަނުގައެވެ. މިމެޗުން ބަލިވުމުން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ކޯޗް މައިކަލް ކެރިކަށެވެ. މީގެ ކުރިން މެޗް ނިމުމާއެކު ސަޕޯޓަރުންނާ ސަލާމްކުރިނަމަވެސް މިމެޗް ނިމުމަށްފަހު އެކަމެއް ނުފެނެއެވެ. އެހެންކަމުން ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ބުނެފައެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ބޯންމައުތުގެ ކުޅުންތެރިން ދިޔައީ ޔުނައިޓެޑްގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބޯންމައުތުން ވަނީ 38 ވަނަ މިނެޓް ތެރޭގައި ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރަޔާންއެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލެނީ ޔޯރޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކަސް ޓެވާނިއާ ވަނީ ބޯންމައުތުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑާއެކު އޯލްޑް ޓްރަފޯޑްގެ ބައެއް ސަޕޯޓަރުން މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދާން ފެށި މަންޒަރު ފެނުނެވެ.

ދެވަނަ ހާފުގައި ވެސް ޔުނައިޓެޑްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ޚާއްޞަކޮށް ޒުވާން ކުޅުންތެރިޔާ އޭޑަން ހެވަންގެ ފަރާތުން ތަކުރާރުކޮށް ގޯސްތައް ފެނިގެންދިޔައިރު، ބޯންމައުތުން ވަނީ އޭގެ ފައިދާ ނަގަން މަސައްކަތް ކޮށްފައެވެ. ޔުނައިޓެޑް ކުޅުންތެރިން މާޔޫސްވީ ކީޕަރު ސެނޭ ލެމެންސްއަށް ހެދުނު ބޮޑު ގޯހަކުން، އެވަނީލްސަން ބޯންމައުތުގެ ތިންވަނަ ލަނޑު ކާމިޔާބުކުރުމުންނެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ޔުނައިޓެޑުން ލަނޑެއް ޖެހޭތޯ ބައެއް ހަމަލާތައް އުފެއްދި ނަމަވެސް، ބޯންމައުތުގެ ކީޕަރު ޕެޓްރޮވިޗް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި
26 Oct 2026 ކުޅިވަރު

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގައި އަދިވެސް އެއްވަނާގައި އުޅެނީ ބާސެލޯނާއެވެ. އެގޮތުން 27 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނާގައި އުޅޭއިރު ދެވަނާގައި 25 ޕޮއިންޓާއެކު އުޅެނީ އެތްލެޓިކޯ މެޑްރިޑެވެ. ތާވަލްގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން
24 Oct 2026 ކުޅިވަރު

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން

ފާއިތުވި ދެ ސީޒަނުގައިވެސް ސަކާއަށް ވަނީ ތަފާތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ކޯނާ މަސްގަނޑާއި، އުނަގަނޑު އަދި ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މެޗުތަކަކުން ބާކީވެފައެވެ.

ފޯޑަންގެ ހެޓްރިކާއެކު ސިޓީން އޭއީކޭ އެތެންސް ބަލިކޮށްފި
21 Oct 2026 ކުޅިވަރު

ފޯޑަންގެ ހެޓްރިކާއެކު ސިޓީން އޭއީކޭ އެތެންސް ބަލިކޮށްފި

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 5-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފާހަގަކުރެވިގެން ދިޔައީ، ފިލް ފޯޑަން އެވެ. މި މެޗްގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ
18 Oct 2026 ކުޅިވަރު

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

ސިޓީން މެޗުގެ ކޮންޓްރޯލް ހޯދީ އިތުބާރު ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ. ހާލާންޑް ފުރަތަމަ ލަނޑު ޖަހާފައިވަނީ، 34 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނެޓް ތެރޭގައެވެ.