ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ލިވަޕޫލް
ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ލިވަޕޫލް
ކުޅިވަރު 26 Oct 2026 | 03:42

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އަތުން ލިވަޕޫލް މޮޅުވެ، ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗް، ބްރައިޓަންގެ މައްޗަށް އެޓީމް ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ.

މެޗްގައި އެންމެ ފުރަތަމަ ލިވަޕޫލަށް ލީޑް ލިބުނީ މެޗުގެ ކުރީކޮޅު ފްލޯރިއަން ވާޓްޒް ފޮނުވާލި ހަމަލާއެއް ބްރައިޓަންގެ ޕާސްކަލް ގްރޮސްގެ ފައިގައި ޖެހި ބައިކޮޅަށްވަތް ލަނޑުންނެވެ. އޭގެ ފަހުން އީސާކް ލަނޑު ޖަހާފައިވަނީ، 21 ވަނަ މިނެޓް ތެރޭގައެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ބްރައިޓަންއަށް މި މެޗުގައި އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް އެޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ގިނަވަގުތު ކުޅެފައެވެ. ނަމަވެސް ލިވަޕޫލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި އެ ޓީމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މެޗްގައި ބްރައިޓަންގެ ޔާސިން އަޔާރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

މި މޮޅާއެކު ލިވަޕޫލް މިވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. މިއީ އެ ޓީމުން ހުރިހާ މުބާރާތްތަކެއްގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. އަދި މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިވި ދެވަނަ މެޗެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި
26 Oct 2026 ކުޅިވަރު

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގައި އަދިވެސް އެއްވަނާގައި އުޅެނީ ބާސެލޯނާއެވެ. އެގޮތުން 27 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނާގައި އުޅޭއިރު ދެވަނާގައި 25 ޕޮއިންޓާއެކު އުޅެނީ އެތްލެޓިކޯ މެޑްރިޑެވެ. ތާވަލްގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން
24 Oct 2026 ކުޅިވަރު

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން

ފާއިތުވި ދެ ސީޒަނުގައިވެސް ސަކާއަށް ވަނީ ތަފާތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ކޯނާ މަސްގަނޑާއި، އުނަގަނޑު އަދި ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މެޗުތަކަކުން ބާކީވެފައެވެ.

ފޯޑަންގެ ހެޓްރިކާއެކު ސިޓީން އޭއީކޭ އެތެންސް ބަލިކޮށްފި
21 Oct 2026 ކުޅިވަރު

ފޯޑަންގެ ހެޓްރިކާއެކު ސިޓީން އޭއީކޭ އެތެންސް ބަލިކޮށްފި

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 5-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފާހަގަކުރެވިގެން ދިޔައީ، ފިލް ފޯޑަން އެވެ. މި މެޗްގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ
18 Oct 2026 ކުޅިވަރު

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

ސިޓީން މެޗުގެ ކޮންޓްރޯލް ހޯދީ އިތުބާރު ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ. ހާލާންޑް ފުރަތަމަ ލަނޑު ޖަހާފައިވަނީ، 34 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނެޓް ތެރޭގައެވެ.