އަބްދުއްރަހީމް އަބްދުالله-- ފޮޓޯ/ވޮއިސް
އަބްދުއްރަހީމް އަބްދުالله-- ފޮޓޯ/ވޮއިސް
ހަބަރު 26 Nov 2023 | 06:45

ރައީސް ޔާމީން ބާކީ ކުރި ކަމަށް ބުނެ ކުރަމުންދާ ސުވާލުތަކަށް އަބްދުއްރަހީމް ޖަވާބު ދެއްވައިފި!

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބާކީ ކޮށްލެއްވި ކަމަށް ބުނެ، ކުރެވެމުންދާ ސުވާލުތަކަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ޖަވާބުދެއްވައިފިއެވެ.

ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީން އާއި ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން، ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވަން މިއަދު ވަނީ އީސީއަށް ހުށަހަޅާފައެވެ.

ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވަން ނިންމެވި ސަބަބު ތަކުގެ ތަފްސީލް މީޑިއާތަކަށް ދެއްވަމުން ޖަމީލް އާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ ގިނަ ސުވާލު ތަކެއް ކުރައްވަމުންނެވެ. އެގޮތުން، ޔާމީން ބޭއްވެވި ދެ ޖަލްސާއާއި އެމަނިކުފާނުގެ ޝަރީއަތް ތަކަށް ލީޑަރޝިޕް ބޭފުޅުން ބޭފުޅުން މިފަހުން ވަޑައިނުގަންނަވާކަން އެފަރާތްތަކުން އަންނަނީ ފާހަގަކުރައްވާފައެވެ. އެނޫންވެސް ޔާމީން މިނިވަން ނުކުރެއްވި ސަބަބާއި، އެމަނިކުފާނުގެ ފޯން ކޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ބުނެ ވެސް ސުވާލުތަކެއް އަންނަނީ ކުރެވެމުންނެވެ.

އެހުރިހާ ސުވާލުތަކެއްގެ ޖަވާބު، އަބްދުއްރަހީމް ވަނީ ސަންގު ޓީވީގެ ޕްރޮގްރާމުގައި ދެއްވާފައެވެ.

އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންނުވި ސަބަބަކީ ކޮބައިތޯ ކުރެވެމުންދާ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، "ރައީސް މުޢިއްޒު ވިދާޅުވެފައި އޮންނާނެ ޝަރުޢީ ނިޒާމަކަށް އެމަނިކުފާނު އަތް ނުބާނުއްވާނަމޭ، ހުވާ ކުރެއްވި ޖަލްސާގައި ވަރަށް ސާފުކޮށް ވިދާޅުވި މިއަދުން ފެށިގެން ސަރުކާރުން ޝަރުއީ ނިޒާމަށްބއަތް ބޭނުން ނިމުނީއޭ. (ރައީސް ޔާމީން) މިނިވަންކުރުން އެއީ ރައީސް ޑރ. މުޢިއްޒު އަތުގައި އޮތް ކަމެއް ނޫން" ކަމަށެވެ. އަދި "ޝަރީޢަތުގައި އޮންނަ މައްސަލައެއް ނިންމައިފީމޭ، ތިހުރީ މިނިވަންވެފައޭ ބުނުމުގެ އިޚްތިޔާރެއް." ރައީސުލްޖުމްހޫރިއްޔާ އަށް ނޯންނަ ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ.

ރައީސް ޔާމީންގެ ފޯނަށް، ރައީސް ޑރ. މުއިއްޒު ޖަވާބު ނުދެއްވަނީ ކީއްވެތޯ ކުރަމުންދާ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ގުޅުއްވާ ވަގުތެއްގެ ގޮތުން ޖަވާބު ނުދެއްވުނަސް ރައީސް މުޢިއްޒަކީ ޔާމީންގެ ކޯލަށް ޖަވާބު ނުދެއްވައި ހުންނަވާނެ ބޭފުޅެއް ނޫން ކަމަށާ، ރައީސް ޔާމީން ރައީސް މުޢިއްޒަށް ގުޅުއްވަން ބޭނުންފުޅު ނަމަ ގުޅުއްވޭނެ ކަމަށެވެ.

މީގެ އިތުރުން ކުރެއްވި އެހެން ސުވާލު ތަކާއި އެ ސުވާލަށް އަދުރޭ ދެއްވި ޖަވާބު ތަކަކީ؛

ރައީސް ޔާމީން ޕާޓީ އޮފީހަށް ވަޑައިގަތުމުން ލީޑާޝިޕްގެ ބޭފުޅުން ވަޑައިނުގަތީ ކީއްވެ؟

"މާ ކުރިން ޓޭބަލް ކުރެވިފައި އޮތް އިވެންޓެއް އޮތް ހޮޓެލް ޖެންގައި. ރައީސް ޔާމީންެ އޮފީހަށް ޖަލްސާއަށް ވަޑައިގަންނަވާ ވާހަކަ ކުރިން ވިދާޅެއް ނުވޭ. ކުއްލިއަކަށް ނިންމެވި ނިންމެވުމަށް ވަޑައިގެންނެވީ. އަޅުގަނޑުމެން އެންމެން ތިބީ ޖެންގައި. އެތަނަށް ވަޑައި ނުގަންނަވާ ޓޮމްއާ ޝުޖާއު ރައީސް ޔާމީން ޖަލްސާ އޮތް ތަނަށް ވަޑައިގެން. ޖެހިގެން އައިރޭ އަޅުގަނޑުމެން އެންމެން ދިޔައީ ރައީސް ޑރ. މުޢިއްޒު ފުރުއްވަން އެއާޕޯޓަށް. ޝިޔާމް ވަޑައިގެންނެވި ޔާމިން ޖަލްސާއަށް. އެތާ އިންނަވާފައި ޔާމީން އަށް ދަންނަވާފައި އެއާޕޯޓް އަށް ވަޑައިގެންނެވީ." އަދުރޭ ވިދާޅުވިއެެވެ.

ޕީޕީއެމްގެ މެމްބަރުން ނުގެންދާނަމޭ ކިއުމަށް ފަހު، ލ. ފުނަދޫ ކައުންސިލް އެންމެން ޕީއެންސީއަށް ވެއްދީ ކީއްވެ؟

އެ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އޭނާ އަކީ ޕީއެންސީގެ ޗެއާޕާސަން ކަމަށް ވުމުން އޭނާގެ ރަށުގެ އިސް ބޭފުޅުން ޕީއެންސީގައި ބައިތިއްބަން ބޭނުންވާތީ އެ ނިންމުން ނިންމެވީ ކަމަށެވެ.

ލީޑާޝިޕްގެ ބޭފުޅުން ރައީސް ޔާމީންގެ ޝަރީއަތަށް ނުދަނީ ކީއްވެ؟

ޝަރީއަތަށް ނުދަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ކުރިން ޔާމީންގެ ޝަރީއަތަށް ލީޑާޝިޕްގެ ބޭފުޅުން ވަޑައިގެންނެވި ކަމަށާށ އެހެން ނަމަވެސް އިންތިގާލީ މަރުހަލާގައި އެންމެންވެސް އުޅުއްވީ ވަރަށް ބުރަކޮށް ކަމަށެވެ.

"އެންމެ ފަހުން ކުރިއަށް ދިޔައިރު، މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދިޔަ. އެވަރުންވެސް ޝިޔާމް، ޝުޖާއު އަދި ޠާރިގު ވަޑައިގެންނެވި." އަދުރޭ ވިދާޅުވިއެެވެ.

ޕީއެންސީއަށް ވަކި އޮފީހެއް ހެދީ ކީއްވެ؟

އަދުރޭ ވިދާޅުވީ ވަކި އޮފީހެއް ހެދުމަކީ މައްސަލައަކަށް ހަދަންވީ ސަބަބެއް ވެސް ނޫން ކަމަށާ، ޕާޓީއެއް ނަމަ އޮފީހެއްވެސް ހުންނަން ޖެހޭއިރު ޕީއެންސީ އަކީ ވެރިކަން ކުރާ ޕާޓީކަމަށެވެ.

އަދި ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވަންނަމުން އަންނަ ކަމަށާ، އެ ފޯމު ތަކުގެ މަސައްކަތް އެތަނުގައި ކުރުމަށް އައު އޮފީހެއް ހުޅުވީ ކަމަށް އަދުރޭ ވިދާޅުވިއެެވެ.

ރައީސް މުއިއްޒުގެ ސްޕީޗުތަކުގައި ރައީސް ޔާމީންގެ ނަން ގެންނެވުން ހުއްޓާލެއްވީ ކީއްވެ؟

އެ ސުވާލުގެ ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް މުޢިއްޒު މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން އެންމެ ފުރަތަމަ ބޭއްވި ޖަލްސާގައި ވެސް ފުރަތަމަ ޝުކުރު އަދާކުރެއްވީ ރައީސް ޔާމީން އަށް ކަމަށެވެ.

"ހުވާ ކުރެއްވުމުގެ ޖަލްސާ އަކީ މަޖިލީހުގެ ޖަލްސާ އެއް. އެ ޖަލްސާގައި ހުވާ ކުރައްވާ ބޭފުޅެއް މުޚާތަބުކުރަން ވާނީ މަޖިލީހުގެ ރައީސް އާއި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް. އެއީ އެކަން ހިނގައިދިޔަ ގޮތަކީ." އަދުރޭ ވިދާޅުވިއެެވެ.

ޕީޕީއެމް ހައިޖެކް ކުރީ ކީއްވެ؟ ޕީއެންސީގެ ޗެއާޕާސަން ރައީސް ޔާމީނަށް ތަފާތު އެކި އިންޒާރު ދެނީ ކީއްވެ؟

އަދުރޭ ވިދާޅުވީ ޕީޕީއެމް ހައިޖެކް ނުކުރައްވާ ކަމަށާ އަދި ރައީސް ޔާމީން އަށް އިންޒާރުވެސް ނުދެއްވާ ކަމަށެވެ.

"އެއްވެސް އިންޒާރެއް ނުދެން. ދެއްވި އިންޒާރެއް ވިދާޅުވެދެއްވާ. އިންޒާރުވެސް ދެއްވީ ޖަމީލާއި މަލީހު. އެނޫން ކަންކަންވެސް ކުރެއްވީ. ރައީސް ޔާމީންއަށް މިހާތަނަށް އެ ލިބޭ އަނިޔާގެ އެންމެ ބޮޑު ހިއްސާ އޮތީ ޖަމީލާ މަލީހާ ދެމީހުން." އަދުރޭ ވިދާޅުވިއެެވެ.

ސަރުކާރު އެކުލަވާލުމުގައި ރައީސް ޔާމީންގެ މަޝްވަރާ ނުހޯދަނީ ކީއްވެ؟

އަދުރޭ ވިދާޅުވީ ސަރުކާރު އެކުލަވައިލުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ އިޚްތިޔާރެއް އެއީ އެމަނިކުފާނުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމަށް އައްޔަންކުރަންޖެހޭ މެންބަރުން އައްޔަންކުރުމާއި ވަކިކުރުން." އަދުރޭ ވިދާޅުވިއެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.