ތެލުލިފޮޅި
ތެލުލިފޮޅި
ލައިފްސްޓައިލް 21 Nov 2025 | 03:29

މިއޮތީ ނަން މަޝްހޫރު ތެލުލިފޮޅީގެ ރެސިޕީ، މިއަދު ހަދާލާކަހަލައެއްނު؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ތެލުލިފޮޅި ފެނުމުން އިންޑިޔާ މީހުން ކައިއުޅޭ ޕޫރީ ސިފަވި ނަމަވެސް، މިއީ އޭގެ ރަހަ އާއި ތައްޔާރުކުރާ ގޮތްވެސް ޕޫރީއާ ތަފާތު އެއްޗެކެވެ. ރާއްޖޭގައި މި ފޮޅި އާއްމުކޮށް އައްޑޫއަށް ނިސްބަތްކުރެވުނު ނަމަވެސް މިއީ މިހާރު ހުރިހާ ރަށެއްގެ މީހުންވެސް ހަދައި އުޅޭ އެއްޗެކޭ ބުނެވިދާނެއެވެ. މި ފޮޅި  ތަފާތު އެކި ބާވަތްތަކުގެ ރިހައާއި ފިހުނު ކުކުޅާއެކު ކާލަންވެސް ވަރަށް މީރުވާނެއެވެ.

ބޭނުންވާ ތަކެތި

1/3 ޖޯޑު ދިޔާ ކިރު (ތާފަނާކޮށް)

2 ސައި ސަމުސާ ލޮނު

2 ސައި ސަމުސާ އީސްޓް

1 ސައި ސަމުސާ ހަކުރު

2 1/2 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ހިކިކިރު

2 މޭޒުމަތީ ސަމުސާ މާޖިރިން

1 ބިސް

ތެޔޮ

ތައްޔާރު ކުރާނެ ގޮތް

1. ތާފަނާކޮށްހުރި ދިޔާ ކިރުގެ ތެރެއަށް ލޮނު، އީސްޓް އަދި ހަކުރު އަޅާލުމަށްފަހު 5 މިނެޓް ވަންދެން މަތިޖަހާފައި އީސްޓް އެކްޓިވޭޓް ކުރަން ބަހައްޓާށެވެ. އީސްޓް އެކްޓިވޭޓްވުމުން، މި މިކްސްޗާގެ މަތީގައި ކުދި ފޮނު ބޮކިތަކެއް ހުންނާނެއެވެ.

2. ފުށްކޮޅު ފުރާނާލުމަށްފަހު، އޭގެ ތެރެއަށްހިކިކިރާއި، މާޖިރިން އަދި ބިސް އަޅައި އެކުލަވާލާށެވެ.

3. ދެން،އީސްޓް މިކްސްޗާވެސް ފުށަށް އަޅައި ގާތްގަނޑަކަށް 5 މިނެޓް ވަރު ވަންދެން ރަނގަޅަށް މޮޑެލާށެވެ. އަތުގައި ފުށް ތަތްލަަވާނަމަ ތެޔޮ ފޮދެއް ހާކާލުމަށްފަހު މޮޑެމުންދާނީއެވެ.

4. ފުށްގަނޑު މޮޑެވުމުން ގާތްގަނޑަކަށް 1 ގަޑިއިރު ވާންދެން މަތި ބަންދުކޮށްލާފައި ބަހައްޓާށެވެ. މިވަގުތުގައި ފުށްގަނޑު ރަނގަޅަށް ފުފިލާނެއެވެ.

5. ފުށްގަނޑު ރަނގަޅަށް ފުފުމުން، ދެ މިނެޓް ވަންދެން މޮޑެލުމަށްފަހު، ތެލުލިފޮޅިހަދަން ބޭނުންވާ ސައިޒަށް ގުޅަޖަހާލާށެވެ. ދެން ރޮށި ދަމާއެތިން މާ ތުނި ނުވާނޭހެން ފޮޅިތައް ދަމާލާށެވެ.

6. ފޮލިތައް ދަމައި ނިމުމުން، ތެޔޮފޮދު ހޫނުކުރަން އުނދައި، ތެޔޮ ހޫނުވުމުން، ފަހަރަކުފޮޅިއެއް ތެލުލާލާށެވެ. ފޮޅި ތެލުލަންވާނީ މަޑު ގިނީގައެވެ. އަދި ތެލުލަމުންދާއިރު ދެ ފަރާތަށް ޖަހާލަމުން ދެ ފަރާތްވެސް ރީތިކޮށް ރޯފިލުވާލަންވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...