ޖަލުގަ އެންމެ ބޮޑު އަނިޔާ ލިބެމުން ދަނީ އަދީބަށް - ޝެއިހް އިމްރާން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ލިބެމުން ދަނީ ކުރީގެ ނައިބް ރައީސް އަދީބަށް ކަމަށް ސެއިހް އިމްރާން ވިދާޅުވެއްޖެއެވެ.
އަދާލަތް ޕާޓީގެ ރައީސް ސެއިހް އިމްރާން މިހެން ވިދާޅުވީ ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ސުޕްރީމް ކޯޓުގެ ވަގުތީ އަމުއްގެ ދަށުން މިނިވަން ވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ސެއިހް އިމްރާން ވިދާޅުވި ގޮތުގައި އަދީބާއެކު ޖަލުގައި ހޭދަކުރެވުނުކަމާއި، ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ލިބެމުން ދަނީ އަދީބަށް ކަމަށެވެ.
އަދި ކޮންމެ އިންސާނަކަށް ވެސް އަސާސީ ބޭސްފަރުވާގެ ފުރުސަތު އޮންނަން ވާނެކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ގެ ސިއްހީ ހާލަތު ގޯސްވެ ޑޮކްޓަރުން ވަނީ އޭނާ އިތުރު ފަރުވާއަށް ގޭބަންދަށް ދޫކުރުމަށް ލަފާދެއްވާފައެވެ. ނަމަވެސް މިހާތަނަށް ވެސް ކަރެކްޝަންސް އިން އަދީބް ދޫކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އަދީބް ގެ ގިނަ ސަޕޯޓަރުން ގެ އިތުރުން ގުޅިފައިވާ އިއްތިހާދުން ވެސް ދަނީ އަދީބް ގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ގޮވާލަމުންނެވެ.
ސަރުކާރުން ވިދާޅުވާގޮތުގައި އަދީބް ބޭސްފަރުވާގެ ނަމުގައި އުޅުއްވަނީ ފިއްލަވަންށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް