މަޖިލީހުގެ ރައީސް ކަމަށް ޤާސިމް އިބްރާހިމް ހޮވިވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ކުރިމަތިލެއްވި މާމިގިލި ދާއިރާގެ ޤާސިމް އިބްރާހިމް ހޮވި ވެވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް މާމިގިލި ދާއިރާގެ މެންބަރު ހޮވިވަޑައިގެންނެވީ 62 ވޯޓުންނެވެ.
އަބްދުރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
ޖުމްލަ 80 މެންބަރުން ވޯޓުގައި ބައިވެރިވަޑައިގެންފައިވެއެވެ.
ޤާސިމް އިބްރާހިމް އަކީ ގުޅިފައިވާ އިއްތިހާދުގެ ގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވި ފަރާތެވެ. މަޖިލީހުގެ ރައީސް ކަމަށް ޤާސިމްގެ އިބްރާހިމް އިތުރުން ކުރިމަތި ލައްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް