އެޑްރިއާނާ ލިއޮން އަޔަލެންޑު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އެޑްރިއާނާ ލިއޮން އަޔަލެންޑު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 27 Jul 2023 | 00:50

ކެނެޑާ އަތުން ބަލިވެ، އަޔަލެންޑަށް އަމިއްލަ ބާރު ގެއްލިއްޖެ!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު މެންދުރު ކުޅެވުނު ގްރޫޕް ބީގެ މެޗުގައި ފަހަތުން އަރައި އަޔަލެންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ކެނަޑާއިން ބޮޑުކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ކެނަޑާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކެނަޑާއިން ކުޅުނު ނަމަވެސް ލަނޑުޖަގާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ އަޔަލެންޑް އިންނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މި ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާސެނަލް ފޯވާޑް ކޭޓީ މެކެބް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މި މެޗުގައި ކެނަޑާއިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކެނަޑާގެ ކުޅުންތެރިއަކު އަޔަލެންޑުގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޓީމުގެ މިޑްފިލްޑަރު މޭގަން ކޮނޮލީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ނެޗުގެ ދެވަނަ ހާފުގެ ކެނަޑާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އަޔަލެންޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މި މެޗުން އެޓީމު މޮޅުވި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެޑްރިއާނާ ލިއޮން އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ސޯފީ ޝްމިޑްޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަޔަލެންޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރުމަށް އަޔަލެންޑްގެ ކޭޓީ މެކެބް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ކެނެޑާގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށް ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކެނަޑާ ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ ކެނަޑާއެވެ. ދެވަނަ އޮތީ ތިން ޕޮއިންޓާއެކު އޮތް އޮސްޓްރޭލިޔާ އެވެ. މާދަމާ ނައިޖީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުން އޮސްޓްރޭލިއާ މޮޅުވެއްޖެ ނަމަ އެޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ޔަގީންވުމާއެކު، އަޔަލެންޑަށް ދެވަނަ ބުރުގެ ދޮރު ބަންދުވެގެން ދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި
20 Aug 2023 ކުޅިވަރު

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސްޕެ...

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!
16 Aug 2023 ކުޅިވަރު

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ އޮސްޓްރޭލިޔާ ބަލިކޮށް، މުބާރާތުގެ ފައިނަލުން ފުރަތަަމަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދަ...

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!
15 Aug 2023 ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަ...

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!
12 Aug 2023 ކުޅިވަރު

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ފްރާންސް ބ...

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!
12 Aug 2023 ކުޅިވަރު

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހަވީރު ކޮލަމްބިއާ އާއި އިންގްލޭންޑް ވާދަކުރި މެޗު 2-1 ގެ ނަތީޖާއ...

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!
11 Aug 2023 ކުޅިވަރު

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެ، ޖަޕާން ...