ޤަތުލް އާއްމަށްފަހު އިސްރާއީލްގައި ބާއްވާ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ފަށައިފި
އިސްރާއިލުން ގާޒާގައި ފެށި ޤަތުލްއާއްމަށްފަހު ބާއްވާ ފުރަތަމަ އާންމު އިންތިޚާބުގައި ވޯޓުލާން ފަށައިފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 7.3 މިލިއަން މީހުން ތިބިއިރު، ވޯޓުލާން ފަށާފައިވަނީ މިއަދު ހެނދުނު 7:00 (ޖީ.އެމް.ޓީ ގަޑިން 5:00) ގައެވެ. ގިނަ ވޯޓުލާ މަރުކަޒުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:00 (ޖީ.އެމް.ޓީ ގަޑިން 20:00) ގައެވެ.
އިސްރާއިލުގެ އެންމެ ދިގު މުއްދަތަށް ބޮޑުވަޒީރުކަން ކުރި ނަތަންޔާހޫ، އޭނާގެ ވާދަވެރިޔާ ގާޑީ އައިޒެންކޮޓްއާ ދެމީހުންގެ ދެމެދުގައި ވޯޓުގެ ބޮޑު ފަރަގެއް ނޯންނާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
2023 ވަނަ އަހަރުން ފެށިގެން ގާޒާ ޤަތުލްއާއްމާއެކު އީރާނާ އެކު ކުރާ ހަނގުރާމައިގެ އިތުރުން އިސްރާއިލު ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވަމުން ދިއުމާއެކު، ނަތަންޔާހޫއަށް ސިޔާސީ މައިދާނުގައި މަޑުކުރުމަށް އުނދަގޫ މަސައްކަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ނަތަންޔާހޫ އޭނާގެ ކެމްޕޭންގައި މައިގަނޑު ސަމާލުކަމެއް ދީފައިވަނީ ގަތުލްއާއްމުގެ ދުވަސްވަރުގެ އޭނާގެ ލީޑަރޝިޕަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އެހީތެރިކަމަށެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފާޅުގައި ތާއީދުކޮށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިސްރާއިލުން ލިބޭ އެއްބާރުލުން ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް