ބެލޮންޑޯ އެވޯޑަށް އިނގިރޭސިން ކުރި އިންތިޒާރު 25 އަހަރަށްފަހު ނިމުމަކަށް
ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް އެވޯޑްކަމަށްވާ މިފަހަރުގެ ބެލޮންޑޯ އެވޯޑް އިނގިރޭސިވިލާތުގެ ހެރީ ކޭން ހޯދައިފިއެވެ.
މިއަހަރުގެ ބެލޮންޑޯ އެވޯޑް ކޭންއަށް ލިބުނުއިރު، މިއީ 25 އަހަރަށްފަހު އިނގިރޭސި ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން މި އެވޯޑް ހޯދި އިނގިރޭސި ކުޅުންތެރިއަކީ މައިކަލް އޮވެން އެވެ. އޭނާ ބެލޮންޑޯ ހޯދާފައިވަނީ 2001 ވަނަ އަހަރެވެ. ކޭންއަށް މި އެވޯޑް ދީފައިވަނީ އިނގިރޭސިވިލާތުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ކޭން މި އެވޯޑް ހޯދީ ރިއަލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭ އާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްއާ ވާދަކޮށްގެންނެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޖުމްލަ 73 ލަނޑު ޖަހައި، އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މި ކާމިޔާބީއާއެކު ކޭން މިވަނީ އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ސަރ ސްޓެންލީ މެތިއުސް، ސަރ ބޮބީ ޗާލްޓަން، ކެވިން ކީގަން އަދި މައިކަލް އޯވެން ފަދަ ކުޅުންތެރިންގެ ސަފުގައި ހިމެނިފައެވެ.
ބެލޮންޑޯ އާ ހަވާލުވުމަށްފަހު ކޭން ބުނީ، މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށާއި، އަމިއްލަ ގައުމުގައި މި އެވޯޑް ލިބުމަކީ ވަރަށް ހާއްސަ އިހުސާސެއް ކުރެވުނު ކަމެއް ކަމަށެވެ. އަދި އޭނާއަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ކޭން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް