އަހާ ފޯރަމްގައި އުޝާމް ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
އަހާ ފޯރަމްގައި އުޝާމް ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 26 Oct 2026 | 16:48

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް

ގާނޫނުލް އުގޫބާތަށް ގެންނަން ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އިސްލާހުތައް ގެނައުމަކީ ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް ވަނީ ގާނޫނުލް އުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށް ހުށައެޅި އިސްލާހުގެ ބޭނުން ވިދާޅުވެ ދެއްވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި ކަމަށާ އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި އެ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވާ ކަމުގައި ވިދާޅުވި އެވެ.

‏މީގެ އިތުރުން މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްރާއީލު" މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައި ކަމަށާ ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރު ކުރާކަމެއް ކަމުގައި ވިދާޅުވި އެވެ.

އޭނާ ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށާ މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ވެސް ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް
26 Oct 2026 ހަބަރު

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
26 Oct 2026 ހަބަރު

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި

އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި
26 Oct 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.