ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު 26 Oct 2026 | 11:01

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފި އެވެ.

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން މި ޖަލްސާގައި އޮންނާނެއެވެ. ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ކުރީން ބާއްވަވަނީ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު 11 ވަނަ ދުވަހުގެ ރެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތައް މެދުވެރިކޮށް ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދިނުމާއި، އެކަކު އަނެކަކަށް އެހީތެރިވާފަދަ އެކުވެރި މާހައުލެއް އެމްއެންޔޫގައި ގާއިމުކުރުމެވެ.

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.