އެމްއެންޔޫގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ؛ ފޮޓޯ / އެމްއެންޔޫ
އެމްއެންޔޫގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ؛ ފޮޓޯ / އެމްއެންޔޫ
ހަބަރު 26 Oct 2026 | 15:10

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން "ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް – ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުން 2026 ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތައް މެދުވެރިކޮށް ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދިނުމާއި، އެކަކު އަނެކަކަށް އެހީތެރިވާފަދަ އެކުވެރި މާހައުލެއް އެމްއެންޔޫގައި ގާއިމުކުރުމެވެ.

ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޔޫގެ މައި ކެމްޕަހުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އިރު، އެމްއެންޔޫގެ ރީޖަނަލް ކެމްޕަސްތަކުގައިވެސް ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގޮންގޮސްފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އެމްއެންޔޫގެ ވައިސް ޗާންސެލަރެވެ. މިއީ މުޅި ޔުނިވާސިޓީއަށް ހުޅުވާލައިގެން މިފަދަ ބޮޑު ހަރަކާތެއް މައި އެމްއެންޔޫގައި ބޭއްވި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވުނު އާޓް މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރެވުނެވެ. މި މުބާރާތަކީ ދަރިވަރުންގެ އަމިއްލަ ތަޖުރިބާތަކާއި ދެކޭގޮތް ކުރެހުމުގެ ކަލާ މެދުވެރިކޮށް ފާޅުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ދެވުނު އިނާމުތައް ސްޕޮންސަރުކޮށްދީފައިވަނީ "ލިޓްލް ފިނޯ" ގެ ފަރާތުން ކަމަށްވާތީ އެމްއެންޔޫއިން ވަނީ އެ ފަރާތަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންގެ އުފެއްދުންތެރި ލިޔުންތަކުގެ އެގްޒިބިޝަނަކާއި، "ފީލިންގްސް ޓްރީ" ގެ އިތުރުން ޅެންވެރިކަމުގެ ހަރަކާތްތައްވެސް މި ހަފްލާގެ ތެރޭގައި ކުރިއަށްދިޔައެވެ. މިއީ އެމްއެންޔޫގެ މެންބަރުންނަށް އެމީހުންގެ ހިޔާލުތަކާއި އިހުސާސްތައް މިނިވަންކަމާއެކު ފާޅުކުރުމަށް ހުޅުވާލެވުނު މުހިންމު ހަރަކާތްތަކެއް ކަން އެމްއެންޔޫއިން ފާހަގަކުރެއެވެ. ހަމައެއާއެކު، ރީޖަނަލް ކެމްޕަސްތަކުގެ ކުތުބުހާނާތަކުގައި ޕަޒަލް ކުޅުމާއި، ޑޫޑްލިންގ ފަދަ ހަރަކާތްތައް ރޭވިގެން ކުރިއަށްދިޔައެވެ.

މިފަދަ ހަރަކާތްތަކުން އެމްއެންޔޫއިން މަސައްކަތްކުރަނީ ނަފްސާނީ ދުޅަހެޔޮކަމާއި އަމިއްލަ އިހުސާސްތައް ފާޅުކުރުމަށް ހިތްވަރުދޭ ރައްކާތެރި މާހައުލެއް ބިނާކުރުމަށެވެ. ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީ އުނގަނެދިނުމުގެ މާހައުލު އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއެންޔޫއިން ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.