އަރަބިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް
ހަބަރު 26 Oct 2026 | 11:47

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅަން ހުށައަޅައިފި އެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ބިލުގައި، ދިރާސީ އަހަރު ފެށޭނެ އުސޫލުތަކާއި ހޯމް ސްކޫލިން ތައާރަފުކުރުންފަދަ މުހިންމު ކަންކަން ހިމެނެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ބިލުގައި، ދިވެހިރާއްޖޭގެ ދިރާސީ އަހަރާއި ދިރާސީ ކަލަންޑަރު ކަނޑައަޅާނެ އުސޫލުތަކެއް ވަނީ ހިމަނައިފައެވެ.

އެ އުސޫލުތަކުގައިވާ ގޮތުން:

  • ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ފެށެންވާނީ ޖެނުއަރީ މަހުގައެވެ.

  • އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ދިރާސީ އަހަރު ނުފެށޭ ހާލަތެއް މެދުވެރިވިޔަސް، އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަންވާނެއެވެ.

މީގެ އިތުރުން، ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާއިރު، އޭގައި ހިމަނަންޖެހޭ އަށް ކަމެއްވެސް ފާހަގަ ކުރެވިފައިވެއެވެ. އެއީ:

  1. ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަސް.

  2. ކިޔަވައިދޭ ދުވަސްތައް.

  3. ކިޔަވައި ނުދޭ ދުވަސްތައް.

  4. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތައް.

  5. އިމްތިހާނު ބާއްވާނެ ދުވަސްތައް.

  6. ދިރާސީ އަހަރަށް އަލަށް ވަންނަ ދަރިވަރުންނަށް އެދެވޭނެ މުއްދަތު ހުޅުވާލާ ދުވަސްތައް.

  7. އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް ކަނޑައަޅާފައިވާ ދުވަސްވަރު.

  8. ސްކޫލުގެ ޗުއްޓީ ދުވަސްތައް.

ދިރާސީ އަހަރެއް ކަނޑައެޅުމުގައި، ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމަނައި، މަދުވެގެން 195 ދުވަހުގެ ކިޔެވުން ހިމަނަން ޖެހޭނެއެވެ.

އަދި ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރު، މިހާރު ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާނު ކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުން ނަގާ އިމްތިޙާނުތައް ބާއްވާނެ ނިޒާމެއް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ ކަމަށާއި، އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ވެސް މިކަން ހިމަނަން ޖެހޭނެ ކަމަށް އެ އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފެށިފައިވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން މެދުކެނޑި، ތަޢުލީމަށް އައި ބަދަލުތަކާ ގުޅިގެން، ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި، ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރެވުނެވެ.

މިކަން ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މި އަހަރު ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވަނީ، ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތަޢުލީމުގެ ޤާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި
26 Oct 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ހުނަރުތައް މެދުވެރިކޮށް ޝުއޫރު ފާޅުކުރުމަށް ފުރުސަތު ދިނުމާއި، އެކަކު އަނެކަކަށް އެހީތެރިވާފަދަ އެކުވެރި މާހައުލެއް އެމްއެންޔޫގައި ގާއިމުކުރުމެވެ.

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.