-
-
ހަބަރު 26 Oct 2026 | 09:50

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކޮށް ފާސްކޮށްފައިވާ މި ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ސެނެޓްގެ މެންބަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.އެން.ޔޫގެ ނޫސްބަޔާނެއްގައިވާ ގޮތުން، މި ރިޕޯޓުގައި 2025 ވަނަ އަހަރުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ޔުނިވަރސިޓީން ހިންގި ހަރަކާތްތަކާއި، ހާސިލުކުރި ކާމިޔާބީތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވެއެވެ. އަދި ޤައުމީ ތަރައްޤީގެ އިސްތިރާތީޖީތަކާއި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ދައުރު މި ރިޕޯޓުން ވަނީ ހާމަކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރުމަށް އޮތް މަސްއޫލިއްޔަތު މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތަކާއި، އިޖުތިމާޢީ ހިދުމަތްތަކުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ރިޕޯޓަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑި (އެސް.ޑީ.ޖީ) ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޚުލާސާއެކެވެ. މީގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން، ފެންވަރު ރަނގަޅު ތަޢުލީމު، މިންތީގެ ހަމަހަމަކަން، އެކަށީގެންވާ މަސައްކަތާއި އިޤްތިޞާދީ ކުރިއެރުން، އީޖާދީ އައު އުފެއްދުންތެރިކަން، ތިމާވެށީގެ ދެމެހެއްޓެނިވިކަން، ހަރުދަނާ މުއައްސަސާތައް ބިނާކުރުން އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅުންތައް ބަދަހިކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، ޑިޕާޓްމަންޓްތަކާއި، ކެމްޕަސްތަކުގެ އިތުރުން ބައިވެރިވާ އެކި މުއައްސަސާތަކުން އަދާކުރާ ދައުރު މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓުގައި ތަޢުލީމީ މާހިރުންގެ ތަޖުރިބާއާއި، މުއައްސަސާގެ އިސްނެގުމާއި، އިޖުތިމާޢީ ބައިވެރިވުން ހިމަނައިގެން ޤައުމީ އިސްތިރާތީޖީތަކަށް އެއްބާރުލުން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިފަދަ މަސައްކަތްތައް ރަސްމީކޮށް ލިޔެކިޔުމުން ބެލެހެއްޓުމުގެ މަޤްޞަދަކީ ޔުނިވަރސިޓީގެ ޒިންމާދާރުކަން އިތުރުކުރުމާއި، ކުރެވޭ މަސައްކަތްތަކުގެ ފެންނަން އޮތް މިންވަރު ފުޅާކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާވެފައިވާ ރޭވުންތަކާއި ނިންމުންތަކަށް މަގުފަހިކުރުމެވެ.

ޔުނިވަރސިޓީގެ ސެނެޓުން މި ރިޕޯޓު ބަލައިގަނެ ތާއީދުކުރުމަކީ، ދެމެހެއްޓެނިނިވި ތަރައްޤީއަކީ މުއައްސަސާގެ މައިގަނޑު އިސްކަމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ ކަމެކެވެ. މިއީ ޔުނިވަރސިޓީގެ ކުރިމަގުގެ ސިޔާސަތުތަކާއި، މަސައްކަތްތައް ބަލާ މިންގަނޑުތަކާއި، ކުރިއަށް އޮތް މަޝްރޫޢުތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ހިމެނުމަށް ލިބުނު ވަރުގަދަ ބިންގަލެއް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، މި ރިޕޯޓަކީ 2025 ވަނަ އަހަރު ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޔުނިވަރސިޓީން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ރެކޯޑެއްގެ އިތުރުން، މި މަސައްކަތްތަކުގެ ނަތީޖާ އިތުރަށް ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް މަގުފަހިކޮށްދޭނެ ވަސީލަތެއް ކަަމަށެވެ. އަދި މިއީ ކުރިއަށް އޮތް އަހަރުތަކުގައި އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް، މެދުނުކެނޑި މި މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށްވެސް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި
26 Oct 2026 ހަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު 19ގައި ސެންޓްރަލް ޕާކުގައި

މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު
26 Oct 2026 ހަބަރު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަޙްމަދު ނަޞީރު )62އ( އެވެ.

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް
26 Oct 2026 ހަބަރު

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަޖީދީމަގުން އައިސް ބޮޑުތަކުރުފާނު މަގަށް ނުކުތް ކާރެއްގައި ސައިކަލެއް ޖެހިގެން ކަމަށާ، އެއަށްފަހު، ކޮންޓްރޯލް ނުވެ ގޮސް ސައިކަލުވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި އިތުރު ކާރެއްގައި ޖެހިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
26 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕާކިސްތާނުގެ 5 ޔުނިވަރސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
25 Oct 2026 ހަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕާކިސްތާނުގެ 5 ޔުނިވަރސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( އިން ވަނީ ޕާކިސްތާނުގެ ފަސް ޔުނިވަރސިޓީއަކާއެކު ތަޢުލީމީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ހަޔަރ އެޑިޔުކޭޝަން ކޮމިޝަން )އެޗް.އީ.ސީ( ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދެޤައުމުގެ ތަޢުލީމީ ދާއިރާއަށް އައު ފުރުޞަތުތަކެއް ހުޅުވައިލި ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.