ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް
ފުލުހުންގެ އިދާރާ ކައިރީ، ބޮޑުތަކުރުފާނު މަގުގައި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓާއި ގުޅިގެން މީހަކަށް ސީރިއަސް އަނިޔާތަކެއް ނުވެ އެވެ. ނަމަވެސް ދެ މީހަކަށް ކުދިކުދި އަނިޔާތައް ލިބުނެވެ.

އަދި ދެ ސައިކަލަށް ވެސް ގެއްލުންވި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް