ބީޗް ހޭންޑްބޯލް މުބާރާތެއް އިކޮނޮމިކް މިނިސްޓަރ ސައީދު ބައްލަވަނީ؛ ފޮޓޯ / އިކޮނޮމިކް މިނިސްޓްރީ
ބީޗް ހޭންޑްބޯލް މުބާރާތެއް އިކޮނޮމިކް މިނިސްޓަރ ސައީދު ބައްލަވަނީ؛ ފޮޓޯ / އިކޮނޮމިކް މިނިސްޓްރީ
ކުޅިވަރު 26 Oct 2026 | 14:56

ޤައުމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ރަޖިސްޓްރީ ކޮށްފައިވާ ކުލަބުތަކާއި ޖަމްޢިއްޔާތަކަށް ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގައި ބީޗް ހޭންޑްބޯލް ކުޅިވަރު ކުރިއަރުވައި ފުޅާކުރުމުގެ މަޤްޞަދުގައި ބޭއްވޭ މުހިންމު މުބާރާތެއްކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން (https://forms.gle/MPLySes248aHgqpCA) ލިންކު މެދުވެރިކޮށް ބައިވެރިވުމުގެ ފޯމް ހުށަހެޅޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފައިވާގޮތުގައި، މި މުއްދަތު ހަމަވުމުގެ ފަހުން ލިބޭ އެއްވެސް ބައިވެރިވުމުގެ ފޯމެއް ބަލައިނުގަނެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮމަންވެލްތު ހޭންޑްބޯޅަ މުބާރާތް: ދެކުނު އެފްރިކާ އަތުން ރާއްޖެއަށް މޮޅެއް
19 Sep 2025 ކުޅިވަރު

ކޮމަންވެލްތު ހޭންޑްބޯޅަ މުބާރާތް: ދެކުނު އެފްރިކާ އަތުން ރާއްޖެއަށް މޮޅެއް

ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާ ދެކުނު އެފްރިކާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ދިވެހިޓީމް ކާމިޔާބުކޮށްފިއެވެ. ކުޅުދުއްފުށީގައި ކުރިއަށްދާ މި މުބާރާތުގެ ދިވެހިޓީމް ކުޅުނު ދެވަނަ މެ...

ޤައުމީ ހޭންޑް ބޯލް ޓީމުން ބާކީކުރިގޮތާމެދު ހިތާމަކުރަން: ޔަޝްމު
11 Sep 2025 ކުޅިވަރު

ޤައުމީ ހޭންޑް ބޯލް ޓީމުން ބާކީކުރިގޮތާމެދު ހިތާމަކުރަން: ޔަޝްމު

ޤައުމީ ހޭންޑްބޯލްޓީމުން ބާކީކުރިގޮތާމެދު ހިތާމަކުރާކަމަށް މިދިޔަ އަހަރު ހޭންޑް ބޯޅައިގެ މުޅުކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޔަޝްމު ބުނެފިއެވެ. ހޭންޑްބޯލްޓީމުން ބާކީކުރި މައްސަލާގައި ޔަޝްމު ނެރުނ...

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން މާލެ އަދި ކުޅުދުއްފުށީގައި
16 Jul 2025 ކުޅިވަރު

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން މާލެ އަދި ކުޅުދުއްފުށީގައި

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލުމަށް މާލޭ ސިޓީގެ އިތުރުން ކުޅުދުއްފުށީގައި ޓްރައިއައ...

ހޮންކޮންގް އަތުން ބަލިވި ނަމަވެސް ކުއާޓާގެ ފަހު ފުރުސަތު ދިވެހި ޓީމަށް
11 May 2025 ކުޅިވަރު

ހޮންކޮންގް އަތުން ބަލިވި ނަމަވެސް ކުއާޓާގެ ފަހު ފުރުސަތު ދިވެހި ޓީމަށް

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގެ ގުރޫޕް އޭގެ ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ އޮމާން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މުބާރާ...

ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ސީއައިސީ އައިޔޫ އިން ހޯދައިފި
13 Feb 2025 ކުޅިވަރު

ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ސީއައިސީ އައިޔޫ އިން ހޯދައިފި

މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް އިންވެސްޓިގޭޝަން ޔޫނިއަން (ސީއައިސީ އައިޔޫ) އާއި މާލޭ ފުރޮންޓްލައިނ...

ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް ފިރިހެން ޑިވިޝަން ޗެންޕިއަންކަން އެސްއޯއާރުސީ އިން ހޯދައިފި
13 Feb 2025 ކުޅިވަރު

ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް ފިރިހެން ޑިވިޝަން ޗެންޕިއަންކަން އެސްއޯއާރުސީ އިން ހޯދައިފި

މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ފައިނަލްގެ މެޗުގައި ސްޕެޝަަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު (އެސްއޯއާރުސީ) އާއި ސްޕެޝަަލް ކުލަބު ޕްރޮޓެކްޝަން ޑިޕާޓްމަނ...