ރޭޕް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ރޭޕް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ހަބަރު 26 Oct 2026 | 19:07

ރޭޕްގެ ހާދިސާގައި ބައިވެރިވި މުވައްޒިފަކު ހުރިނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުނެފި 

ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ވެމްކޯގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ކޮންމެ މުވައްޒިފަކާމެދުވެސް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.

ވެމްކޯއިން މިހެން ވިދާޅުވީ ގދ. ތިނަދޫ ސިޓީގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން އެކި ފަރާތްތަކުން އެ ކޯޕަރޭޝަނަށް ރައްދުވާ ގޮތަށް ފަތުރަމުންދާ ވާހަަކަތަކާއި ގުޅިގެންނެވެ. ވެމްކޯ އިން ބުނީ މަސައްކަތުގެ މާހައުލާއި އެ މާހައުލުން ބޭރުގައިވެސް އެ ކޯޕަރޭޝަންގެ މުވައްޒިފުންގެ އަހްލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ ކުންފުނީގެ ޕޮލިސީގެ އެންމެ އަސާސީ މަގްސަދު ކަމަށެވެ. މި ޕޮލިސީ ފަރުމާ ކުރެވިފައިވަނީ މިފަދަ ރިވެތި އަހްލާގީ މިންގަނޑުން ބޭރުވެ ނޭއްގާނީ އެެކިއެކި ކުށްތައް ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަމަށެވެ.

އެހެން ކަމުން ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ވެމްކޯގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ކޮންމެ މުވައްޒިފަކާމެދުވެސް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ތިނަދޫގައި ހިނގި ބަދުއަހްލާގީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވެމްކޯ އިން މިފަދަ ބަޔާނެއް ނެރުނީ ރޭޕްގެ އެ އަަމަލުގައި އެ ކުންފުނީގެ އިސް މުވައްޒިފެއް ހިމެނޭ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ. އެ މުވައްޒިފު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ރޭޕްގެ ހާދިސާއާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް
26 Oct 2026 ހަބަރު

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް
26 Oct 2026 ހަބަރު

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް

ވިދާޅުވީ އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވާ ކަމުގައި ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
26 Oct 2026 ހަބަރު

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި

އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.