މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު 27 Oct 2026 | 06:55

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހާ އިސްލާހް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން ހުށަހެޅި އިސްލާހް ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވައިދުގެ 191 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހެޅުއްވީ، އަމިއްލަ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހް ފާސްވީ ވޯޓުދިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާޙާ ދެކޮޅަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ.

ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި، ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުގައި މިހާރު އަމަލުކުރަމުންދާ ގަވާއިދު އޮންނަ ގޮތުން، ގަރާރެއް ބަލައިގަތުމާމެދު ވޯޓު ނަގަނީ އެ ގަރާރަކަށް މެންބަރުން ބަހުސްކުރެއްވުމަށްފަހު އެވެ. މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
27 Oct 2026 ހަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރުމަށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި
27 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި

ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އިމްރާންގެ ފާޑުކިޔުންތަކަށް ވައްޑޭގެ ސުވާލުތަކެއް
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އިމްރާންގެ ފާޑުކިޔުންތަކަށް ވައްޑޭގެ ސުވާލުތަކެއް

ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ސަރުކާރުން ބުނެފައިވާ ރަސްމާލެ މަޝްރޫޢާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله އެކްސްގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދަވާތީ، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު )ވައްޑެ( އެކަމާ ގުޅިގެން އިމްރާނަށް ސުވާލުތަކެއް ކުރައްވައިފިއެވެ.

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ
27 Oct 2026 ހަބަރު

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ

މަޝްހޫރު ސްޓްރީޓް ފުޑް ޓްރަކް "ބާބާ ގާޑިޔާ" ގެ އޯނަރު، ހަސަން ޢަތީޤް )ބާބާ( އަށް ހާޓް އެޓޭކެއް ޖެހިގެން ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭޕްގެ ހާދިސާގައި ބައިވެރިވި މުވައްޒިފަކު ހުރިނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުނެފި 
26 Oct 2026 ހަބަރު

ރޭޕްގެ ހާދިސާގައި ބައިވެރިވި މުވައްޒިފަކު ހުރިނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުނެފި 

ވެމްކޯ އިން މިފަދަ ބަޔާނެއް ނެރުނީ ރޭޕްގެ އެ އަަމަލުގައި އެ ކުންފުނީގެ އިސް މުވައްޒިފެއް ހިމެނޭ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް
26 Oct 2026 ހަބަރު

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް
26 Oct 2026 ހަބަރު

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް

ވިދާޅުވީ އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވާ ކަމުގައި ވިދާޅުވި އެވެ.