ޕީއެސްޖީން ޗެމްޕިއަންސްލީގް ތަށި އުފުލާލަނީ
ޕީއެސްޖީން ޗެމްޕިއަންސްލީގް ތަށި އުފުލާލަނީ
ކުޅިވަރު 30 May 2026 | 19:22

ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސްލީގް ތަށި ދިފާއުކޮށްފި

އިނގިރޭސިވިލާތުގެ އާސެނަލް ބަލިކޮށް ޔުއެފާ ޗެމްޕިއަންސްލީގް ތަށި ފްރާންސްގެ ޕީއެސްޖީން ދިފާއުކޮށްފިއެވެ.

ހަންގޭރީގައި ކުޅުނު ޗެމްޕިއަންސްލީގްގެ ފައިނަލް މެޗް ކާމިޔާބުކޮށް ޕީއެސްޖީން ތަށި ހޯދާފައިވަނީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުމާއި އިތުރު ވަގުތުގެ ދެހާފްގެ ކުޅުން ނިމުނުއިރުވެސް ނަތީޖާ ނުނެރެ ވުމުންނެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރީ ހޯދީ އާސެނަލުންނެވެ. އެއީ މެޗްގެ ފަސްވަނަ މިނެޓް ތެރޭގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޕީއެސްޖީން މެޗް ޑޮމިނޭޓް ކުރި މިމެޗްގެ ފުރަތަމަ ހާފް ނިމުނީ އާސެނަލް ކުރީގައި އޮވެގެންނެވެ. އާސެނަލުން ލީޑް ނަގާފައިވަނިކޮށް ޕީއެސްޖީން އެއްވަރުކޮށްފައިވަނީ، 65 ވަނަ މިނެޓް ތެރޭގައި ޑެމްބްލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މެޗްގައި ޕީއެސްޖީން އާސެނަލްގެ ޑިފެންސް ލައިނަށް ނުރައްކާ ކުރިއިރު، އާސެނަލުންވެސް ވަނީ ކައުންޓަރ އެޓޭކްގައި ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި އާސެނަލަށް ކާމިޔާބު ނުކުރެވުނީ އެޒޭ އަދި ގެބްރިއަލް ޖެހި ޕެނަލްޓީއެވެ. ޕީއެސްޖީގެ ނޫނޯ މެންޑޭޒް ޖެހި ޕެނަލްޓީ ފިޔަވައި އެހެން ކުޅުންތެރިން ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.