އާސެނަލް އާއި ފްލީޓްވުޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
އާސެނަލް އާއި ފްލީޓްވުޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
ކުޅިވަރު 28 Oct 2026 | 02:54

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ.

މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ. މެޗްގެ ކުޅުމުގެ ވަގުތު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް ފްލީޓްވޫޑުންނެވެ. އެއީ 21 ވަނަ މިނެޓް ތެރޭގައި ލޮޕާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން ފްލީޓްވޫޑް ލީޑް ނަގާފައިވަނިކޮށް އާސެނަލުން އެއްވަރުކުރި ލަނޑު ޖެހީ ފަހު ހާފްގައެވެ. އެއީ 50 ވަނަ މިނެޓް ތެރޭގައި ގިޔޮކެރެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗް ޕެނަލްޓީ ޖަހައިގެން ފްލީތްވޫޑް ކާމިޔާބުކުރީ 5-3 ގެ ނަތީޖާއިންނެވެ.

މެޗްގައި އާސެނަލްގެ ޑޯމަންއަށް ދެއްކި ރަތްކާޑާ ގުޅޭގޮތުން އާސެނަލްގެ ކޯޝް މިކޭލް އާޓެޓާ ބުނީ، ކެމެރާއިން އެ މަންޒަރު އަދި ރަނގަޅަށް ނުބަލާ ކަމަށާއި، އެހެންކަމުން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ބުނަން ނޭނގޭކަމަށެވެ. އަދި އެއީ ރެފްރީގެ ނިންމުމެއް ކަމަށާއި، އެކަކު މަދުކޮށް ކުޅެމުންވެސް ލަނޑެއް ޖަހަން ތިން ފުރުސަތު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި
26 Oct 2026 ކުޅިވަރު

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގައި އަދިވެސް އެއްވަނާގައި އުޅެނީ ބާސެލޯނާއެވެ. އެގޮތުން 27 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނާގައި އުޅޭއިރު ދެވަނާގައި 25 ޕޮއިންޓާއެކު އުޅެނީ އެތްލެޓިކޯ މެޑްރިޑެވެ. ތާވަލްގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން
24 Oct 2026 ކުޅިވަރު

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން

ފާއިތުވި ދެ ސީޒަނުގައިވެސް ސަކާއަށް ވަނީ ތަފާތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ކޯނާ މަސްގަނޑާއި، އުނަގަނޑު އަދި ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މެޗުތަކަކުން ބާކީވެފައެވެ.