މެމްބަރު ޒަރީރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
މެމްބަރު ޒަރީރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 28 Nov 2023 | 07:32

ދީފައި ހުރި ގޯއްޗާއި ފްލެޓަށް ސަރުކާރުން އަތްބާނައިފި ނަމަ ފިހިދާނެ: ޒަރީރު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުތައް އަލުން ރިވިއުކޮށް، އެއަށް ބަދަލުގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރާނަމަ، ހީނުކުރާވަރުގެ ގެއްލުންތަކެއް ސަރުކާރަށް ލިބިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އިންޒާރު ދެއްވައިފި އެވެ.

ޒަރީރު މިފަދައިން ގޮވާލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ނެވެ.

ޒަރީރު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ އެއްވެސް ރައްޔިތަކަށް ސަރުކާރުން ދިން ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލައްވާނެ ކަމުގެ ޔަގީންކަން ކަމަށެވެ.

އަޑުފުޅަށް ބާރުލައްވާފައި، ތަކުރާރުކޮށް އެ ވާހަކަތަށް އެހެން ވިދާޅުވި ނަމަވެސް، ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ނިޔަތް ވަރަށް ބޮޑަށް ޚަރާބުވަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އަދި މި އުޅެނީ ރަނގަޅަށް ހަފްތާއެއް ވެސް ނުވެގެން. އެންމެ ފުރަތަމަ އެ ވިދާޅުވީ 50 އެތައް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް، ލޮކޭޝަން ބަދަލުވެދާނެއޭ، އެ ވެދާނެ މާލެ އަތޮޅުން ބޭރަށް ވެސް، ދެން އެ ވިދާޅުވީ ފްލެޓުތައް ރިވިއުކޮށްފާނަމޭ، ރިވިއުކުރާއިރު، ލިސްޓުން އެ ބޭފުޅުން ބޭނުންނުވާ އެންމެން އުނިވެސް ވެދާނެ"

މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ސަރުކާރުގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، އިޚްލާސްތެރި ނިޔަތެއްގައި އެކަން ކުރައްވަން އުޅުއްވާކަން ފާހަގަނުކުރެވޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.

އެގޮތުން ޑރ މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމަށް ހިންގަވާނެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި އިއުލާނުކުރައްވާފައިވާ ފުށިދިއްގަރު ފަޅު މަޝްރޫއަށް ޒަރީރު ވަނީ ފާޑުވިދާޅުވެފަ އެވެ.

ޒަރީރު ވިދާޅުވީ، ނިމިގެން ދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލެ ސަރަހައްދުން ބިން ހިއްކުމުގެ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަޝްރޫއުތަކެއް ފައްޓަވާފައިވާކަން ޒަރީރު ފާހަގަކުރެއްވި އެވެ.

އެއާއެކު އޭނާ ވަނީ އެ މަޝްރޫއުތައް އެ ގޮތަށް ހުއްޓާ، ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް ބުނެ އަލުން ބަލުން އަގުބޮޑުކޮށް ބިން ހައްކަން ފެށުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ހިއްކާފައިވާ ބިންތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވުން ކީއްތޯ ޒަރީރު އެއްސެވި އެވެ.

އެއާއެކު އޭނާ ވަނީ ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ގޯއްޗާއި ފްލެޓުތަކަށް އިތުރު ބަދަލުތައް ނުގެނައުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި އެ މަޝްރޫއުތައް ރިވިއުކުރަން މަސައްކަތްކޮށްފި ނަމަ އޭގެ ސަރުކާރަށް ގެއްލުމެއް ވެދާނެކަމުގެ އިންޒާރު ވެސް ޒަރީރު ދެއްވާފައި ވެއެވެ.

"އަޅުގަނޑު ޑރ މުއިއްޒަށް ގޮވާލަން! މަނިކުފާނޭ ތިޔަހެން ނަހައްދަވާށޭ! ދިވެހިރައްޔިތުންނަށް.. ޚާއްސަކޮށް މާލޭ ރައްޔިތުންނަށް ދީފައި މިވާ 4000 ފްލެޓާއި އަދި ދީފައި މިވާ ގޯއްޗާއި، މި ތަންތަނާއި ނުބެހޭށޭ! އަތުނުލާށޭ! އެ ތަނަށް އަތްލާން އުޅެގެން ވާނެ ގޮތަކީ އަތް ފިހޭ ގޮތް ވާނީ"

މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރުގެ ފަހުކޮޅުގައި ބަހާލާފައިވާ 4000 ފްލެޓާއި ގުޅޭ ގިނަ ޝަކުވާތަކެއް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފަ އެވެ.

އެ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ މީހުން ކަނޑައަޅާފައިވަނީ އުސޫލުން ބޭރުން ސަރުކާރުން ބޭނުންވާ ވަކި ގޮތަކަށް ކަމަށް ބުނެ، ސަރުކާރު ބަދަލުވެ ކުރިއަށް ދިޔަ އިންތިގާލީ މަރުހަލާގައި އާންމު ރައްޔިތުން ވަނީ ބޯހިޔާވަހިކަމުގެ ކަންކަން އޭރު ބަލަހައްޓަމުން ދިޔަ ޕްލޭނިން މިނިސްޓްރީގެ ތެރެއަށް ވަދެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އޭގެ އިތުރުން ކުރީ ސަރުކާރުން އިންތިޚާބުތެރޭގައި އުސޫލުން ބޭރުން ނެރުނު އެ ލިސްޓު ބާތިލުކޮށް، ޕޮއިންޓުދޭ އުސޫލު ކަނޑައަޅާ، ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ފްލެޓު ލިބޭ ފަރާތްތައް ހޮވުމަށް އާންމު ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ  ޑރ މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.