އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު އައްޔަނުކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯގެ އެމްޑީގެ މަގާމަށް ޝިމާދު އައްޔަންކޮފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރު ހިއްސާވާ ކުނފުނި ތަކުގެ އެމްޑީންނަށް ބޭބޭފުޅުން ވަނީ އައްޔަނުކުރައްވާފައެވެ.
އެގޮތުން އެސްޓީއޯގެ އެމްޑީގެ މަގާމަށް ޝިމާދު މިއަދު އައްޔަނުކުރީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމްގައި ހުންނެވި އަބްދުالله ސައީދު އެ މަގާމުން ވަކި ކުރެއްވުމަށްފަހުއެވެ.
އަދި މިއަދުން ފެށިގެން އެ މަގާމަށް ޝިމާދު އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން އަންގާފައިވާ ކަމަށް ބޯޑުގެ ފަރާތުން ވަނީ އަންގާފައެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ޝިމާދު އަކީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެސްޓީއޯ އޮޑިޓު އޮފީހުގެ ޗެއާމަންކަމާއި ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް