ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ދެނީ!
ޕީޕީއެމުން ވަކިވެ ވަޑައިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން ރައީސް ޔާމީން ބާކީ ކުރައްވައިފައިވާ ކަމަށްބުނެ އެޕާޓީން ވަކިވެވަޑައިގެން އުފައްދަވާ ޕާޓީ، ޕީއެންއެފްގެ މުއައްސިސަކީ ދޮށީ ދަރިކަލުން ޒޭން ޔާމީންއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ލިބިފައިވަނި އިއްޔެ މެންދުރުކަމަށެވެ.
އަދި އެ ލިޔެކިޔުންތައް ބެލުމަށްފަހު މާދަމާ ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރެވޭ ވަރުވާނެކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު މިހެން ވިދާޅުވިއިރު، ޕީއެންއެފް އުފެއްދުމަށް ހުއްދަ ލިބުން ލަސްވެ، އެކަމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް