މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި މަޝްރޫއެއް ފަށަނީ
މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި 'ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު'ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ނިންމައިފި އެވެ.
ސްޓެލްކޯ އިން ޓްވިޓާގައި ކުރި ޕޯސްޓެއްގައިި ވާ ގޮތުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިގޮތަށް ނިންމެވީ، މާލެ އަދި ހުޅުމާލޭގެ ޕަވަރ ޖެނެރޭޝަންގެ މަސައްކަތުގައި އުޅުއްވާ މުވައްޒަފުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުންތަކެއްގައިއެވެ.
މި ބައްދަލުވުމުގައި އޭނާ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، އެކަމަށް ހުރިހާ މުއްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މާލެ ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކަރަންޓު ކެނޑުމުގެ މައްސަލަތައް އެންމެ ބޮޑަށް ދިމާވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައެވެ. ކަރަންޓުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު ސްޓެލްކޯއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް