ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހާއްސަ ހަރާކަތްތަކެއް ބާއްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެންބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައި އެމްއެންޑީއެފުން ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މިއީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދުންގެ ޒިކްރާ އާކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.
މިދުވަސް ފާހަގަ ކުރުމުގެ ރަސްމިއަޔާތުތައް ފެށިގެންދާނީ ޖަމާއަތުގައި ކުރެވޭ ފަތިސްނަމާދުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މާލޭގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.
މީގެ އިތުރުން ސިފައިންގެ އޭރިއާ ހެޑްކުއޯޓަރޒްތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދީނައި ދިވެހި ގައުމަޓަކައި ޖާނުދެއްވި މަތިވެރި އަބްތޯލުންގެ ހަދާން އާކުރުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް